ޝޯމީ އިން ސުޕާ ޓެބްލެޓް އެއް އުފައްދަނީ

އިސްމާއިލް އަލީ 20 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެބްލެޓް މާކެޓް ކޮންޓްރޯލް ކުރަމުންދަނީ އެޕަލްގެ އައިޕެޑްއެވެ. ނަމަވެސް އަދި އެޕަލް އަށް އެކުންފުނީގެ އެންޑްރޮއިޑް ވާދަވެރިން ބާޒާރުން އެއްކޮށް ދުރުކޮށްލެވިފައި ނުވެއެވެ. އެގޮތުން ޝޯމީ އިން އެޕަލް ގެ އައިޕެޑާއި ވާދަކުރުމަށް ޓެބްލެޓެއް އުފައްދާ ހަބަރު ވަރަށްފަހުން މިވަނީ ލީކުވެފައިއެވެ.

މި މައުލޫމާތު ލީކްކޮށްފައިވަނީ ޗައިނާގެ ސޯޝަލް މީޑިއާ މަންސަ ވެއިބޯ ގައި ބޯލްޑް ޕެންޑާ ކިޔާ ފަރާތަކުންނެވެ. މިފަރާތުން ވަނީ މި ޓެލެޓްގެ ސްޕެކްސްތަށް މި މަންސައިގައި ހާމަކޮށްފައިއެވެ. އެމްއައި ޕެޑް 5 ގެ ނަންދީފައިވާ ކަމަށް ބުނާ މި ޓެބްލެޓްގައި 2 ކޭ ރެޒޮލޫޝަންގެ 10.95 އިންޗީގެ އެލްސީޑީ ސްކްރީނަކާއި 120 ހާޓްޒް ގެ ރިފްރެޝް ރޭޓަކާއި 490 ހާޓްޒްގެ ޓަޗް ސާމްޕްލިން ރޭޓް އެއް ހިމެނޭކަމަށް ބޯލްޑް ޕެންޑާގެ ޕޯސްޓް ގައި ހާމަކޮށްފައިވެއެވެ. މި ސްޕެކްސް ތަކަކީ އައިޕެޑް ޕްރޯ އާއި އެއްހަމައެއްގެ ސްޕެކްސް ތަކެކެވެ.

މި ޓެބްލެޓް ގައި ބޭނުންކޮށްފައިވާނީ ސްނެޕްޑްރެގަން 870 ގެ ޕްރޮސެސާއެކެވެ. މީގެ އިތުރުން މި ޓެބްލެޓް ގައި ބޭނުންކުރާނެ ކަމަށް ބެލެވެނީ އެންޑްރޮއިޑް އާއިއެކު ޝޯމީގެ އެމްއައިޔޫއައި އެވެ. މި ޓެބްލެޓް ގެ އަގު އަދި އެގެން ނެތްނަމަވެސް ބެލެވޭ ގޮތުގައި އެޕަލް އަދި ސެމްސަންގް ގެ ޑިވައިސްތަކުގެ އަގުތަކާއި މި ޓެބްލެޓްގެ އަގުތަކާއި ވާދަކޮށްލެވޭ ވަރުވާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.