ޓެކްނޮލޮޖީގެ އެހީގައި ފައިސާ ބަލަހައްޓާނެ ފަސޭހަ ގޮތްތަކެއް

ޝުޖާޢަތު ރަޝީދު 22 މާރިޗު 2021

ދަރިން ތަރުބިއްޔަތު ކުރުމަގައި އެކުދިންނަށް ފައިސާ ބަލަހައްޓައި، ކަނޑައަޅާފައިވާ އެލަވެންސެއް ގެންގުޅެން އެނގުމަކީ މިހާރު ވަރަށް މުހިންމު ކަމެކެވެ. މިކަހަލަ ރަނގަޅު އާދަ ދަރިން ގައިގައި ހަރުލެއްވުމުން ދަރިން ބޮޑުވެ ޒުވާން އުމުރަށް އެޅުމުން ފައިސާއާއި ގުޅޭ މުޢާމަލާތްތައްކޮށް ބަލަހައްޓަން ފަސޭހަވެގެންދާނެކަން ޔަގީނެވެ.

އެލަވަންސް، ޕިގީ ބޭންކު، ނުވަތަ ގޭގައި މައިންބަފައިން ބުނާ ކަމެއް ކުރުމުން ދޭ ފައިސާއަކީ މިހާރުވެސް މައިންބަފައިން ދަރިންނަށް ފައިސާ ހަވާލުކުރާ ބައެއް ގޮތްތަކެވެ.

ފައިސާ ބޭނުންކުރުމަށާއި ގެންގުޅެން ދަސްކޮށްދިނުމުގެ ގޮތުން ފައިސާގެ އެލަވެންސެއްދީ؛ އެކުދިން ލައްވައި ފައިސާ ބޭނުންކޮށް، އެހެން މީހުންނަށް ޞަދަޤާތްކޮށް، އަދި ފައިދާވާނޭ ކަމެއްގައި އިންވެސްޓުކުރުން އެއީ ކުރެވިދާނެ ކަންތައްތަކެވެ.

މިންޓް މޮބައިލް އެޕްލިކޭޝަން

މިހާރު ޓެކްނޮލޮޖީގެ އެހީގައި މިބުނެލި ހަތަރު (04) ކަމަކީ މަނީ ސޭވީ ޖެނެރޭޝަން ފަދަ ވެބްސައިޓްތަކުން ކުދިންނަށް ފައިސާ ރައްކާކޮށް ގެންގުޅުމަށް ބާރުލައި ފަސޭހަކޮށްދޭފަދަ ވެބްސައިޓެކެވެ.

މަނީ ސޭވީގެ އިތުރުން ދެން ފާހަގަ ކޮށްލެވެނީ ރޫސްޓާމަނީ، މިހެން ކިޔާ މޮބައިލް އެޕްލިކޭޝަންއެކެވެ. ރޫސްޓާމަނީ އަކީ ބެލެނިވެރިޔާގެ ފޯނަށް އަޅާލައި، ކޮންމެ ކުއްޖަކަށް ވަކި އަދަދެއްގެ އެލަވަންސެއް ކަނޑައަޅައި (އުމުރު 8 - 11)، ގޭތެރޭގައި ކުރާ މަސައްކަތް ނުވަތަ ކަންތައްތައް ކަނޑައަޅައި ނުވަތަ ޞަދަޤާތުގެ ގޮތުގައި ދޭނެ ފައިސާ ހަމަޖައްސައިދޭން ފަސޭހަކޮށްދޭ އެޕެކެވެ.

ފޭމްޒޫގެ މޮބައިލް އެޕްލިކޭޝަން

މި އެޕްލިކޭޝަންގެ އެހީގައި ގޭގޭ ބައެއް ކަހަލަ ޙަރަދުތައް ދަރިންނަށް އެނގި އެކުދިންގެ ފަރާތުން އެއްބާރުލުން ލިބޭނެއެވެ. މިސާލަކަށް ދަރިންނަށް ކޭބަލް ޓީވީ، ނެޓްފްލިކްސް ނުވަތަ އެހެނިހެން ކަންތައްތަކަށް ޙަރަދުކުރަން އެކުދިންގެ އެލަވަންސްއިން ފައިސާ ޙަރަދު ކުރުމަށް ދަސްކޮށްދީ ބާރު އެޅުވިދާނެއެވެ.

މި އެޕްލިކޭޝަންގެ އެހީގައި ފައިސާ ފަހަށް ރައްކާކުރުންވެސް ކުދިންނަށް ދަސްކޮށްދެވިދާނެއެވެ.

މިއަދު ޓެކްނޮލޮޖީގެ އެހީގައިި ކުޑަކުދިންނަށްވެސް ފައިދާކުރާނެ ވަރަށް ގިނަގުނަ ކަންތައްތަކެއް އެބަހުއްޓެވެ. މި ފައިދާތައް ވާގޮތައް ކުޑަކުދިންނަށް އިންޓަނެޓާއި ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރު އަަޅައި ދަސްކޮށްދިނުމަކީ އެންމެންގެވެސް ޒިންމާއެކެވެ.

ފައިސާ ބަލަހައްޓައި ރައްކާކުރުމަށް އެހީއެއްގެ ގޮތުގައި ކުޑަކުދިންނަށް ބޭނުކޮށްލެވިދާނެ އެޕްސްތަކެއް ތިރީގައި ހިމަނާލާފައިވާނެއެވެ.

ގޯހެންރީ: މިއީ ޑެބިޓް ކާޑު އެޕްލިކޭޝަންއެކެވެ. މި އެޕްއިން ޕޭރަންޓަލް ކޮންޓްރޯލްއާއި އެކީ 6 އަހަރާއި 18 އަހަރުގެ ކުދިންނަށް ޙާއްސަ އެޕެކެވެ.

ބޭންކަރޫ: މިއީ ކުޑަކުދިންނަށް ޙާއްސަ ވާޗުއަލް ބޭންކެކެވެ. މި ވެބްސައިޓާއި މޮބައިލް އެޕް ބޭނުންކޮށްގެން ބަޖެޓުކުރުމާއި، ފައިސާ ރައްކާކުރުން އަދި ޙަރަދުކުރާނެ ރަނގަޅު ގޮތްތައް ދަސްކޮށްދެއެވެ.

އައި.އެލަވަންސް: މި މޮބައިލް އެޕަކީވެސް ޕިގީ ބޭންކުގޮތައް ފައިސާ ރައްކާކޮށް، ބޭނުންތެރި ގޮތުގައި ޙަރަދުކޮށް އަދި ކުޑަކުދިންނަށް ހަވާލުކުރާ މަސައްކަތްތަކުގެ އެލަވަންސް ފަސޭހަކަމާއެކު ބެލެހެއްޓޭފަދަ އެޕެކެވެ.

މި ގެނެސްދެވުނު އެޕްލިކޭޝަންތަކުގެ އިތުރުންވެސް އެތައްބައިވަރު އެޕްލިކޭޝަންތައް ހުރެއެވެ. މީގެ ތެރޭގައި ފޭމް.ޒޫ، ގްރީންލައިޓް، އަދި މިންޓްފަދަ އެޕްތައް ހިމެނެއެވެ.

ފާހަގަ ކޮށްލެވެނީ މިރިޕޯޓުގައި ގެނެސްދެވުނު ގިނަ އެޕްލިކޭޝަންތަކަކީ ދިވެހިރާއްޖޭގައި އަދި ބޭނުން ނުކުރެވޭ އެޕްލިކޭޝަންތަކެވެ. ނަމަވެސް އުއްމީދަކީ މިފަދަ އެޕްލިކޭޝަންތައް ރާއްޖޭގެ މާކެޓައް ނެރެ ނުވަތަ ރާއްޖޭގެ އަމިއްލަ މިފަދަ އެޕްލިކޭޝަންތަކެއް ހުރެ ގިނަ ބަޔަކު އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.