އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަ މީސްމީޑިއާ މަންސަ އަކާއިއެކު އަނބުރާ މީސްމީޑިއާ އަށް އަންނަން ރާވަމުންދާ ކަމަށް އޭނާގެ ތަރުޖަމާނު ފޮކްސް ނިއުސްގައި ހާމަކޮށްފިއެވެ.
އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މީގެ ދޭއް ނުވަތަ ތިން މަސްފަހުން ޓްރަމްޕް އެނބުރި މީސްމީޑިއާ އަށް އަންނާނީ އޭނާގެ އަމިއްލަ މަންސައަކާއި އެކުގައިއެވެ. އަދި މިމަންސަ އަށް މިލިއަނަކަށް ވުރެ ގިނަ މީހުން ވަންނާނެކަމަށާއި މީގެ ސަބަބުން މީސްމީޑިއާ ވިޔަފާރި މުޅިން ބަދަލުވެގެންދާނެ ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މީސްމީޑިއާ މަންސައެއް އުފެއްދުމަށްޓަކައި އެތަކެއް ކުންފުންޏަކުން ޓްރަމްޕް އާއި މާޝްވަރާކުރަމުން އެބަގެންދެއެވެ.
ޓްރަމްޕް ގެ އަމިއްލި މީސްމީޑިއާ މަންސަ އެއް އުފެއްދުމުގެ ވާހަކަ ދެކެވެންފެށީ ޖެނުއަރީ 6 ގައި އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން އޭނާ ޓްވިޓާ އާއި ފޭސްބުކް ފަދަ މީސްމީޑިއާ މަންސަތަކުން ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.
ޓްރަމްޕް މި މަންސަތަކުން ސަސްޕެންޑް ކުރުމާއި ގުޅިގެން އޭނާގެ ދަނބިދަރި ޖެރާޑް ކުޝްނާ ވަނީ ޓްރަމްޕް ޕާލާ އަދި ގެބް ފަދަ މީސްމީޑިއާ މަންސަތަށް ބޭނުންކުރުން ހުއްޓުވާފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް