ޕްރިންސް ހެރީ ސިލިކަން ވެލީގެ މެންޓަލް ހެލްތް ސްޓާޓްއަޕް އެއް ކަމަށްވާ ބެޓާއަޕް ގެ ޗީފް އިމްޕެކްޓް އޮފިސާގެ ވަޒީފާއަށް ނިކުތުމަށް ތައްޔާރުވެފައިވާ ކަމަށް ހެރީގެ ތަރުޖަމާނާއި އެކުންފުނިން ހާމަކޮށްފިއެވެ. މިކުންފުންޏަކީ ކޯޗިން އާއި މެންޓަލް ހެލްތް ހިދުމަތްތަށް ފޯރުކޮށްދޭ ކުންފުންޏެކެވެ.
އެކުންފުނީގެ ވެބްސައިޓް ގައި އެކުންފުނީގެ ލީޑާޝިޕް ޓީމްގައި ހެރީގެ ނަން ވަނީ ހިމަނާފައިއެވެ. މީގެ އިތުރުން އެވެބްސައިޓް ގައި ހާމަކޮށްފައިވާގޮތުގައި އޭނާއަކީ އިންސާނިއްޔަތާއި، މެންޓަލް ހެލްތް އަދި ތިމާވެށި ހިމާޔަތްކުރުން ފަދަކަންކަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތެކެވެ.
ހެރީ މިކުންފުންޏާއި ގުޅިފައިވަނީ އިނގިރޭސި ޝާހީ އާއިލާ ދޫކޮށްލުމަށް އޭނާއާއި މޭގަން ނިންމި ސަބަބުތަށް ހާމަކޮށް އޮޕްރާ އަށް އިންޓަވިއު އެއް ދިންތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މީގެ އިތުރުން މި އިންޓަވިއުގައި އެދެމަފިރިން ވަނީ ޝާހީ އާއިލާގެ ސަބަބުން އެދެމަފިރިންގެ ދިރިއުޅުމަށް އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައިވާކަމަށް ހާމަކޮށްފައިއެވެ.
ވޯލް ސްޓްރީޓް ޖާނަލް ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހެރީ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ ޕްރޮޑަކްޓް ސްޓެރެޓެޖީ އާއި ބެހޭ ނިންމުންތަށް ނިންމުމުގައި އާއި މެންޓަލް ހެލްތް އާއި ގުޅޭ އެޑްވޮކަސީ މަސައްކަތްތަކުގައިއެވެ. ބެޓާއަޕް އިން ވަނީ ޕްރިންސް ހެރީ ގެ މުސާރަ ހާމަކުރުމަށް ދެކޮޅުހަދާފައިއެވެ.
ޕްރިންސް ހެރީ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަށްވެސް ބެޓާއަޕް ގެ ކޯޗިންގެ ސަބަބުން ފައިދާތަކެއް ލިބުނެވެ. މީގެ އިތުރުން އެކުންފުނީގެ ބްލޮގްގައި ހެރީ ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ގަބޫލުކުރާ ހަމަތަކާއި އޭނާގަބޫލުކުރާ ހަމަތަށް އެއްގޮތް ވުމަކީވެސް އެކުންފުނީގެ ވަޒީފާ އޭނާ ހިޔާރު ކުރި އެއް ސަބަބެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް