ސްޕޭސްއެކްސްގެ 60 ސްޓާލިންކް ސެޓެލައިޓް ޖައްވަށް ފޮނުވައިފި

އިސްމާއިލް އަލީ 25 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޭސްއެކްސް އިން އެކުންފުނީގެ އިންޓަނެޓް ސެޓެލައިޓް ކޮންސްޓެލޭޝަން އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން 60 ސްޓާލިންކް ސެޓެލައިޓް ޖައްވަށް ފޮނުވާލައިފިއެވެ.

އެގޮތުން މި ސެޓެލައިޓް ތަކަކީ މިހާރު ޖައްވުގައި ދައުރުވަމުންދާ އެ ކުންފުނީގެ ސްޓާލިންކް ސެޓެލައިޓް ތަކާއި ގުޅި އެކުންފުނިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ އިންޓަނެޓްގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ސެޓެލައިޓްތަކެކެވެ.

މި ސެޓެލައިޓްތަށް ފަޒާގެ ތެރެއަށް ފޮނުވާލާފައިވަނީ އެކުންފުނީގެ ފެލްކަން 9 ރޮކެޓްގެ އެހީގައިއެވެ. އެގޮތުން ސްޕޭސްއެކްސް ގެ ފެލްކަން 9 ރޮކެޓް މި ސެޓެލައިޓް ތަކާއިއެކު ދަތުރު ފަށާފައިވަނީ ފްލޮރިޑާއިން ބުދަ ދުވަހުގެ ހެނދުނުގައިއެވެ.

މި ރޮކެޓް ގެ ފުރަތަމަ ފިޔަވަހި މިހާރުވަނީ ވަނީ ކާމިޔާބު ކަމާއިއެކު ކަނޑުގައި އޮތް ޑްރޯން އުޅަނދެއްގައި ޖައްސާފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.