އެޕަލް ގެ އައިފޯން 13 މި އަހަރުގެ ސެޕްޓެމްބަރ މަހުގައި ބާޒާރަށް ނެރޭނެ ކަމަށް މެކްރޫމާޒް އިން ރިޕޯޓްކޮށްފިއެވެ. އެގޮތުން މެކްރޫމާޒް އިން ރިޕޯޓް ކުރާގޮތުގައި އައިފޯން 13 ގެ މޮޑެލްތަށް ސެޕްޓެމްބަރ މަހުގެ ތިންވަނަ ހަފްތާގައި ނުވަތަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބާޒާރަށް ނެރޭނެއެވެ.
އެގޮތުން މެކްރޫމާޒް އަށް ލިބިފައިވާ ރިސާޗް ނޯޓަކާއި ހަވާލާދީ އެފަރާތުން ހާމަކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރ މަހު ބާޒާރަށް ނެރުމަށް ތައްޔާރު ވަމުންދާ އައިފޯން 13 އާއި ބެހޭ އިތުރު މައުލޫމާތު އެ ފޯނުގެ ސަޕްލައި ޗެއިން މެދުވެރިކޮށް ވަނީ ލިބިފައިއެވެ.
އާންމުކޮށް އެޕަލް ކުންފުނިން އެކުންފުނީގެ އުފެއްދުންތަށް ބާޒާރަށް ނެރުމަށްޓަކައި ބާއްވާ ހަފްލާ ބައްވަނީ ސެޕްޓެމްބަރ ހިސާބުގައިއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެކުންފުނީގެ އުފެއްދުންތަށް ބާޒާރަށް ނެރޭ ދުވަސްތަކަށް މިދިޔަ އަހަރު ވަނީ ބަދަލުތަކެއް އައިސްފައިއެވެ. މީގެ އިތުރުން ފާހަނގަކޮށްލަން ޖެހޭކަމަކީ އައިފޯނުގެ އައު މޮޑެލް ބާޒާރަށް ނެރޭ ދުވަހާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަށް މިމަހު ވަނީ އިތުރުވެފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް