ޕަބްޖީ ބިލިއަނަކަށްވުރެ ގިނައިން ޑައުންލޯޑްކޮށްފި

އަޙްމަދު އަޙްސަން 27 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެންސެންޓް އިން އިއުލާންކޮށްފައިވާ ގޮތުގައި ޕަބްޖީ މޯބައިލް ދުނިޔޭގެ އެކިކަންކޮޅުތަކުން އެއްބިލިއަނަށްވުރެ ގިނަ މީހުން ވަނީ ޑައުންލޯޑް ކޮށްފައިއެވެ. މި އަދަދަކީ މެއިންލޭންޑް ޗައިނާ ނުހިމަނައި ހާމަކޮށްފައިވާ އަދަދަކަށް ވިޔަސް މިއީ މި އެޕްލިކޭޝަނަށް ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.

2018 ވަނަ އަހަރު ޕަބްޖީ މޯބައިލް ބާޒާރަށް ނެރުނީއްސުރެ އެ އެޕްލިކޭޝަނަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަގްބޫލު ގޭމެކެވެ. 2019 ވަނަ އަހަރު މި އެޕްލިކޭޝަން ވަނީ އެންމެ ބޮޑު އާމްދަނީ އެއް ހޯދި ގޭމްގެ މަގާމުވެސް ހޯދާފައިއެވެ. މީގެ އިތުރުން ޓެންސެންޓް އިންވަނީ ގޮޑްޒިއްލާ ވީއެސް ކޮންގް އާއި އެކު ޕާޓްނާޝިޕެއް ހަދާފައިވާކަންވެސް އިއުލާންކޮށްފައިއެވެ. މީގެ ސަބަބުން މި ގޭމް ކުޅޭ ފަރާތްތަކަށް މި ފިލްމާއި ގުޅޭ އިންގޭމް އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ހަމަ މިއާއެކު ޓެންސެންޓް އިންވަނީ ކަރަކިން މެޕް އޭޕްރިލް 7 ފެށިގެން ފޯނު މެދުވެރިކޮށް ޕަބްޖީ ކުޅޭ ފަރާތްތަކަށް ހުޅުވާލުމަށް ނިންމާފައިއެވެ.

އެކުންފުނިން ދަނީ މިގޭމުގެ މޯބައިލް ވާޝަނަށް މެޕްތަކާއި އިތުރު އަޕްޑޭޓްތަށްވެސް ގެނެސްދެމުންނެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު އެކުންފުނިން ވަނީ ޕަބްޖީ ނިއު ސްޓޭޓް ނަމުގައި އައު މޯބައިލް ގޭމް ސީރީޒް އެއް އިއުލާންކޮށްފައިއެވެ. އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް މި ގޭމް ލިބިގެންދާނީ މިއަހަރުގެ ފަހުކޮޅުގައި ކަމަށް ލަފާ ކުރެވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.