ގޫގަލްއިން މިއަހަރު 7 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ

އިސްމާއިލް އަލީ 28 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލް ގެ ޗީފް އެކްޒެކެޓިވް އޮފިސާ ސުންދަރ ޕިޗައި ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި 2021 ވަނަ އަހަރު އެކުންފުނިން އެމެރިކާގައި ހުރި އެކުންފުނީގެ އޮފީސްތަކާއި ޑޭޓާ ސެންޓަރުތަށް އިތުރަށް ތަރައްގީ ކުރުމަށްޓަކައި 7 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުކުރުމަށް ވަނީ ނިންމާފައިއެވެ.

އެގޮތުން އެކުންފުނިން ވާޖީނިއާ، ނެބްރާސްކާ އަދި ނެވާޑާ ގައި ގާއިމުކޮށްފައިވާ ޑޭޓާ ސެންޓަރުތަށް އިތުރަށް ތަރައްގީކުރުން މި ޕްރޮޖެކްޓްގައި ހިމެނެއެވެ. މީގެ ތެރެއިން ނެބްރާސްކާ އަދި ނެވާޑާ ގައި ގާއިމުކޮށްފައިވާ ޑޭޓާ ސެންޓަރުތަކަކީ މުޅިން އަލަށް ތަރައްގީކޮށް ނިންމާއި ވަރަށް ފަހުން ބޭނުންކުރަން ފެށުނު ސެންޓަރުތަކެކެވެ.

މީގެ އިތުރުން މިއަހަރު ތެރޭގައި މި ޕްރޮޖެކްޓް ގެ ދަށުން ގޫގަލްގެ އައު އޮފީސްތަށް ހަތަރު ތަނެއްގައި ހުޅުވިގެން ދާނެއެވެ. އެގޮތުން ގޫގަލް ކްލައުޑް އިންޖިނިއަރިން ސައިޓެއް ނޯތް ކެރޮލައިނާ ގައި އަދި ގޫގަލް އޮޕަރޭޝަންސް ސެންޓަރެއް މިސިސިޕީ ގައި ބިނާކުރުމަށް ވަނީ ނިންމާފައިއެވެ. މީގެ އިތުރުން ހިއުސްޓަން އަދި ޕޯޓްލޭންޑް ގައި އެކުންފުނީގެ އައު އޮފީސްތަކެއް ބިނާކުރުމަށްވެސް ވަނީ ނިންމާފައިއެވެ.

މި 7 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓް ގެ ބޮޑުބައެއް ހޭދަކުރުމަށް ނިންމާފައިވަނީ އެކުންފުނީގެ މިހާރުގެ އޮފީސްތަކާއި ޑޭޓާ ސެންޓަރުތަށް އިތުރަށް ފުރިހަމަކޮށް ތަރައްގީ ކުރުމަށެވެ. އެގޮތުން ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ކެލިފޯނިއާ އޮފީސް އިތުރަށް ތަރައްގީކުރުމަށާއި، އެޓްލާންޓާ، ވޮޝިންޓަން ޑީސީ، ޗިކާގޯ އަދި ނިއުޔޯކްގައި ވަޒީފާގެ ފުރުސަތުތަށް އިތުރުކުރުމަށް އެކުންފުނިން 1 ބިލިއަން ޑޮލަރު ހޭދަކުރާނެއެވެ. މީގެ އިތުރުން ޑެޓްރޮއިޓް، ކޭމްބްރިޖް، ޕިޓްސްބާގް އަދި އޮސްޓިން ގައިވެސް އައު ވަޒީފާގެ ފުރުސަތުތަށް ހުޅުވާލާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ގޫގަލް ގެ މި ޕްރޮޖެކްޓާއިއެކު އެކުންފުނިން ލަފާކުރާ ގޮތުގައި އައު 10،000 އެއްހާ ވަޒީފާ އެކުންފުންޏަށް އުފެއްދޭނެއެވެ. އެކުންފުނިން މިހާރުވެސް އެމެރިކާގައި 84،000 އެއްހާ މުވައްޒަފުން ގެންގުޅެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.