މާސްގައި ވަރަށް ކުރިން ފެން ހުރި ކަމަށް ސައިންސްވެރިން ބުނެ އެވެ. ބޮޑެތި ކަނޑުތަކާއި އޮއިދެމޭ ކޯރުތައް ގިނަ ކަމަށްވެ އެވެ. އެކަމަކު އެއީ އެތައް ބިލިއަން އަހަރެއް ކުރި އެވެ. މާސްގައި މިހާރު ފެނެއް އަދި ތެތްކަން ހުރި އެކައްޗެއް ވެސް ނެތެވެ. ސައިންސްވެރިން ބުނަނީ އެއިރު ހުރި ހުރިހާ ފެނެއް ޖައްވަށް އަރައިގެން ދިއައީ ކަމަށެވެ.
މާސްގައި ކުރިން ހުރި ފެނަށް ވީގޮތް ސައިންސްވެރިން މިހާރު ކިޔައިދެނީ އެހެން ގޮތަކަށެވެ. ބުނަނީ އެފެން އަދި ވެސް ހުރީ މާސްގައި ކަމަށެވެ. ބިމުއަޑީގައި ހުރި މައުދަނާއި އާނުފަށަލާގައި ހަރުލާފައި ހުރި ކަމަށެވެ. މާސްގައި ކުރިން ހުރި ފެނުގެ 30-99 ޕަސެންޓް އަދި ވެސް ހުރީ އެބިމުގައި ކަމަށެވެ.
މާސް އަކީ އިންސާނީ ދަރިފަސްކޮޅު އާބާދުކުރަން، ދުނިޔެ ފިޔަވައި އެންމެ ރަނގަޅު ބިން ކަމަށް ސައިންސްވެރިން ބުނެ އެވެ. އެމަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ރޮބޮޓް އުޅަނދު ފޮނުވައިގެން ހޯދާ އެއްވަސީލަތަކި ދިއާފެނެވެ.
މާސްގައި ކުރިން ފެން ހުރި ކަމަށް ސައިންސްވެރިން ވަރަށް ބާރަށް ބުނެ އެވެ. ކަށަވަރުނުވާ ކަމަކީ އެފެނަށްވީ ގޮތެކެވެ. ހަމަގައިމު ވެސް މާސްގައި މިހާރު ފެނެއް ނެތެވެ. ނާސާގެ ރޮބޮޓް އުޅަނދުންތަކުން ބިންކޮނެ ސާމްޕަލް ނަގައި ތަހުލީލުކޮށް ދުނިޔެއަށް ފޮނުވާ ރިޕޯޓުން ސައިންސްވެރިން ދެނެގަންނަން ބޭނުންވަނީ މިހާރު ތެތްކަމެއް ހުރި ނަމަ އެ ނިސްބަތެވެ. މިކަން ކަށަވަރުކޮށްގެން މެނުވީ މާސްގައި އިންސާނީ ދަރިފަސްކޮޅު ގޮވާންކުރަން ކުރާ މަސައްކަތް ކޮޅެއްގައި ނުޖެހޭނެ އެވެ.