ރާއްޖޭގައި ރޮބޮޓިކް ޓެލެޕްރެސެންސް އިވެންޓެއް ބާއްވައިފި

އަޙްމަދު އަޙްސަން 31 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އުރީދޫ މޯލްޑިވްސް އާއި ވީއާރު ކެފޭ، ރޮބޯއި ޖޫނިއާ އަދި ދި އީކޯ އޯގް ގުޅިގެން ދިވެހިރާއްޖޭގެ ފުރަތަމަ ރޮބޮޓިކް ޓެލެޕްރެސެންސް އިވެންޓް ބާއްވައިފިއެވެ. މި އިވެންޓް ބާއްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ 5ޖީ ހިދުމަތް މެދުވެރިކޮށް ވީއާރު ކެފޭގައިއެވެ.

އިއްޔެ ބޭއްވުނު މި ހަރަކާތުގައި ދިވެހިރާއްޖޭގައި ރޮބޮޓިކްސް ކިޔާވާ ދަރިވަރުން ވަނީ ރާއްޖެއާއި 7500 ކިލޯމީޓަރު ދުރުގައިވާ ޖަރުމަނުގެ މިއުނިކްއަށް ރޮބޯއި ހިއުމަނޮއިޑް ރޮބޮޓް މެދުވެރިކޮށް ޓެލެޕޯޓްވެފައިއެވެ.

ރޮބޯއި އަކީ ކުރިއަރާފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ހިއުމަނޮއިޑް ރޮބޮޓެކެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ މި ރޮބޮޓް ފަރުމާކުރެވިފައިވަނީ އިންސާނެއްގެ ހަށިގަނޑު އަސްލަކަށް ބަލައިގެންނެވެ. އިއްޔެ ބޭއްވުނު ހަރަކާތުގައި ދިވެހިރާއްޖޭގެ ދަރިވަރުން ވަނީ ޓެލެޕްރެސެންސް މެދުވެރިކޮށް މި ރޮބޮޓްގެ ހަރަކާތްތަށް ކޮންޓްރޯލްކޮށް އޭގެ ލޮލުން މިއުނިކް ބަލާލާފައިއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.