ޝޯމީން އިލެކްޓްރިކް ކާރު އުފައްދަން ނިންމައިފި

އިސްމާއިލް އަލީ 03 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގެ މަޝްހޫރު ސްމާޓްފޯނު ކުންފުނި ޝޯމީއިން އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައިފިއެވެ. އެގޮތުން ކުރިއަށްއޮތް 10 އަހަރުތެރޭގައި އެކުންފުނިން މިކަމަށްޓަކައި 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެއެވެ.

ޝޯމީން ހާމަކޮށްފައިވާ ގޮތުގައި އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ވިޔަފާރި ކުރިއަށް ގެންދާނީ އެކަމަށް ހާއްސަކޮށްގެން އުފައްދާ ސަބްސިޑަރީއެއްގެ ދަށުންނެވެ. އެކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތުގެ ފުރަތަމަ ފިޔަވައްސަށް ގާތްގަނޑަކަށް 10 ބިލިއަން ޔުއާން (1.52 ބިލިއަން ޑޮލަރު) ހަރަދުކުރެވޭނެއެވެ. ޝޯމީގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ވިޔާފާރިއާއި ހަވާލުވާނީ އެކުންފުނީގެ ސީއީއޯ ލީ ޖުން ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.

އެކުންފުނިން މި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާއިރު ފާހަނގަކޮށްލެވޭ ކަމަކީ ޗައިނާއަކީ ދުނިޔޭގެ އިލެކްޓްރިކް ވެހިކަލް މާކެޓްގެ އެންމެ ކުރީގައި އުޅޭ ގައުމެވެ. އެހެންކަމުން ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު ސްމާޓްފޯނު ކުންފުނިން މި ވަންނަނީ ވަރަށް ވާދަވެރި ބާޒާރަކަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.