ސިގްނަލް އިން ހާމަކޮށްފައިވާގޮތުގައި އެކުންފުނީގެ އެޕްލިކޭޝަން މެދުވެރިކޮށް ރައްޓެހިންނަށް ކްރިޕްޓޯކަރަންސީ ފޮނުވޭނެގޮތް ހެދުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ސިގްނަލްގެ ބީޓާ ވާޝަންގައި ޕިއާ ޓު ޕިއާ ޕޭމަންޓް ސިސްޓަމެއް ހިމަނައި މި ސިސްޓަމް ޓެސްޓް ކުރުމުގެ މަސައްކަތް އެކުންފުނިންވަނީ ފަށާފައިއެވެ. ސިގްނަލް ޕޭމަންޓްސް ގެ ނަން ދީފައިވާ މި ހިދުމަތުގައި މިވަގުތު ބޭނުންކުރެވެނީ މޯބައިލްކޮއިން ވޮލެޓާއި އެއާއި ގުޅިފައިވާ ކްރިޕްޓޯކަރަންސީ އެކަންޏެވެ.
ސިގްނަލް އިން ހާމަކޮށްފައިވާ ގޮތުގައި މޮބައިލްކޮއިން އަކީ އެކުންފުނީގެ ޕޭމަންޓް ސިސްޓަމްގައި ފުރަތަމަ ބޭނުންކުރަން ފަށާނެ ކްރިޕްޓޯކަރަންސީއެވެ. އަދި މި ކްރިޕްޓޯކަރަންސީއަކީ ޕްރައިވަސީ އަށް ހާއްސަ ސަމާލުކަމެއް ދީގެން އުފައްދާފައިވާ ނެޓްވޯކެއްކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ. އެހެންކަމުން ސިގްނަލް މެދުވެރިކޮށް މޯބައިލްކޮއިންގެ މުއާމަލާތްތަށް ހިންގި ކަމުގައިވިޔަސް ކަސްޓަމަރުންގެ މައުލޫމާތު ސިގްނަލް އަށް ނުލިބޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
ސިގްނަލް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތް އަދި ލިބިގެންދާނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން މި ހިދުމަތަށް ޝަރުތު ހަމަވާ ފަރާތްތަކުން މޯބައިލްކޮއިން އަށް ސައިންއަޕް ވުމަށްފަހު ސިގްނަލް ބީޓާ އިން މިހިދުމަތް ލިބިގެންދާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި