ސާފޭސް ލެޕްޓޮޕް 4 ވަރަށް އަވަހަށް ފެނިގެން ގޮސްދާނެ

އިސްމާއިލް އަލީ 08 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޯސޮފްޓް ސާފޭސް ލެޕްޓޮޕް 4 ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ބެލެވިއްޖެއެވެ. އެގޮތުން މައިކްރޯސޮފްޓް އިން މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓްތަކަކުން ސޭފޭސް ލެޕްޓޮޕްގެ 2 މޮޑެލް އެއްގެ މައުލޫމާތު ވަނީ ހާމަވެފައިއެވެ. އެގޮތުން މި 2 މޮޑެލް އަކީ އިންޓެލް އަދި އޭއެމްޑީ މޮޑެލް ތަކެކެވެ.

މިދިޔަ މަހު ޖަރުމަނުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސާފޭސް ލެޕްޓޮޕް 4 ގެ އޭއެމްޑީ މޮޑެލްގައި އެންމެ ފަހުގެ ރޭޒެން 5 4680ޔޫ އަދި 7 4980ޔޫ ޕްރޮސެސާ ހިމެނެފައިވެއެވެ. މީގެ އިތުރުން މި ލެޕްޓޮޕްގެ އިންޓެލް މޮޑެލްތަކުގައި ކޯ އައި5 1145ޖީ7 އަދި ކޯ އައި7 1185ޖީ7 ޕްރޮސެސާ ހިމެނިފައިވެއެވެ.

މި ލެޕްޓޮޕްގެ އިންޓެލް މޮޑެލް ތަކުގައި 32 ޖީބީ ރެމް އަދި 1 ޓީބީ ސްޓޯރޭޖް ހިމެނިގެންދާނެކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ. ނަމަވެސް އޭއެމްޑީ މޮޑެލްތަކުގައި އެންމެ މައްޗަށްވެސް ހިމެނިގެންދާނީ 16 ޖީބީ ރެމް އަދި 512 ޖީބީ މެމޮރީކަމަށްވެއެވެ. އެހެންނަމަވެސް ފާހަނގަކޮށްލަން ޖެހެނީ މުޅިން އަލަށް މިފަހަރު އޭއެމްޑީ މޮޑެލްތަކުގައި 13.5 އިންޗީގެ ސްކްރީން ހުންނާނެކަމެވެ.

ސާފޭސް ލެޕްޓޮޕް 4 މައިކްރޯސޮފްޓްއިން ކުރިއަށް އޮތް ހަފްތާއެއް ނޫނީ 2 ހަފްތާތެރޭގައި ބާޒާރަށް ނެރޭނެކަަމަށް ބެލެވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.