އެމޭޒަންގެ ފަޔާ ޓީވީ އަދި އެކޯ ޝޯ އަށް ސަޕޯޓު ހުއްޓާލަނީ

ޝުޖާޢަތު ރަޝީދު 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މޮޒިއްލާ ފައާފޮކްސްއިން އެމޭޒަންގެ ފަޔާ ޓީވީ ޕްލެޓްފޯމް އަދި އެކޯ ޝޯ ޑިވައިސްތަކަށް ސަޕޯޓު 30 އޭޕްރީލް 2021ގެ ނިޔަލަށް ހުއްޓާލާނެކަން އާންމުކޮށް އިޢުލާންކޮށްފިއެވެ. މި ތާރީޙުގެ ފަހުން ފަޔާފޮކްސްގެ ސެކިއުރިޓީ އަޕްޑޭޓުތަކުގެ އިތުރަށް އަލުން އެމޭޒަންގެ ފަޔާ ޓީވީ ޕްލެޓްފޯމްތަކަށް ބްރައުޒާ ނޭޅޭނެކަމަށްވެސް ވަނީ އަންގާފައެވެ.

އެމޭޒަން އެކޯ ޝޯ، އެމޭޒަން 2021

އެމޭޒަންގެ ފަޔާ ޓީވީއަށް ބްރައުޒާ މެދުވެރިކޮށް ޔޫޓިއުބް ބެލުމަށް ފަޔާފޮކްސް ދެވަނަ އިޙްތިޔާރެއް ގޮތުގައި ކަނޑައަޅައި ހަމަޖެއްސީ 2017 ގައެވެ. މިހެން މިކަން ހަމަޖެއްސުމުގެ ފަހަށް ގޫގަލްއިން 2018 ވަނަ އަހަރު ފަޔާ ޓީވީ ގެންގުޅޭ ފަރާތްތަކަށް ވަނީ ޔޫޓިއުބް އެޕްލިކޭޝަން ބޭނުންނުކުރެވޭ ގޮތް ހަދާފައެވެ.

ފަޔާ ޓީވީ، އެކޯ ޝޯ ގެންގުޅޭ ފަރާތްތަކުން މިހާތަނަށް ބޭނުންކުރަމުން އައީ އެމޭޒަންގެ ސިލްކް ބްރައުސާގެ އިތުރުން މޮޒިއްލާ ފަޔާފޮކްސްއެވެ.

އެމޭޒަން ފަޔާ ޓީވީ، އެމޭޒަން 2021


މިކަންތައް މިހެން ހިނގީ ގޫގަލްއާއި އެމޭޒަންގެ މެދުގައި އޭރު އޮންނަ ގުޅުމުގެ ދެބަސްވުންތަކާއި ވިދިގެންކަމަށްވެއެވެ. 2019ގައި އެމޭޒަންއާއި ގޫގަލްގެ ގުޅުން ބަދަހިވެ ފަޔާ ޓީވީގައި ޔޫޓިއުބް އެޕްލިކޭޝަން ބޭނުންކުރެވޭގޮތް ވަނީ ހަދާފައެވެ.

ނަމަވެސް އެކޯ ޝޯގައި ޔޫޓިއުބް އެޕްލިކޭޝަން އަދިވެސް ނެތުމުން، ފަޔާފޮކްސް ހުއްޓާލުމުން ދެން ބޭނުންކުރަންޖެހޭނީ އެމޭޒަންގެ ސިލްކް ބްރައުސާއެވެ. މިއީ އެމޭޒަންއިން ފަޔާ ޓީވީ، ޓެބްލެޓްތަކަށް، އަދި އެކޯ ޝޯއަށް ޙާއްސަކޮށްގެން އުފެދިފައިވާ ބްރައުޒާއެކެވެ.

އެމޭޒަން ފަޔާ ޓީވީ (ޑިޖިޓަލް މީޑިއާ ޕްލޭޔާ) މެދުވެރިކޮށް އިންޓަނެޓުން ފިލްމު ބަލައި، ލަވަ އަޑުއަހާލައި އަދި ވީޑިއޯ ގޭމް ކުޅެލެވޭނެއެވެ.

އެކޯ ޝޯ އަކީ އެމޭޒަންގެ މަޝްޙޫރު އެލެކްސާގެ އަޑު ހިމަނާލެވިފައިވާ ސްޕީކަރެކެވެ. މި ސްޕީކަރު މެދުވެރިކޮށް އޮންލައިން ވީޑިއޯ ފޯނުކޯލުވެސް ކޮށްލެވެއެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.