ކުޑަކުދިންނަށް ޙާއްސަ ދިވެހި ވާހަކަ މޮބައިލް އެޕެއް

ޝުޖާޢަތު ރަޝީދު 11 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުޑަކުދިންނަށް ޙާއްސަކޮށްގެން މިއަހަރު (2021) ނެރުމަށް ނިންމައިފައިވާ މި މޮބައިލް އެޕްލިކޭޝަންއަކީ "އޯލަ އެޕް" އެވެ.

އޯލަ އެޕްއަކީ ކުޑަކުދިންނަށް "ރައްކާތެރި، ފަހި މާހައުލެއްގައި ކަމުދާނޭ ހިތްގައިމު ދިވެހި ބަހުގެ ވާހަކަތަކެއް މެދުނުކެނޑި ފޯރުކޮށްދޭނެ ވާހަކަ" އެޕެއްގޮތުގައި ޓްވިޓާގެ އޯލަ ޕްރޮފައިލްގައި ހާމަކޮށްފައިވެއެވެ.

އޯލަ އެޕަކީ އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވެމުންދާ އެޕްލިކޭޝަނެކެވެ. މިވަގުތު މިއެޕްލިކޭޝަންއަށް ނަން ނޯޓުކުރުމަށް ފުރުސަތުވަނީ ހުޅުވާފައެވެ.

މި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދަނީ އޯލަ އެޕް ޓީމާއިއެކީ ލޫޕް ކްރާފްޓްއިންނެވެ. ލޫޕްކްރާފްޓަކީ ޑިޖިޓަލް އުފެއްދުންތައް ތައްޔާރުކޮށް، ޑިޒައިންކޮށް، އެނިމޭޓްކޮށް އަދި އެހެނިހެންކަންތައްވެސް ކުރާ ދިވެހި އުފެއްދުންތެރިން ހިމެނޭ ކުންފުންޏެކެވެ.

މިފަދަ މޮބައިލް އެޕްލިކޭޝަންތައް ދިވެހިބަހުން ތައްޔާރުކުރެވިގެން ދިއުމަކީ ދިވެހިބަހަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ޔަގީނެވެ. އަދި މި އެޕްލިކޭޝަންއިން ވަރަށް ގިނަ ކުޑަކުދިންނަށް އަގުހުރި ފައިދާވުމަކީ ނުހަނު ހިންހަމަޖެހުން ލިބޭކަމެކެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.