ލިންކްޑްއިން ބޭނުންކުރާ މީހުންގެ މައުލޫމާތު ލީކުކޮށްފި

ހުސެއިން އާރިފް 12 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފޭސްބުކް ބޭނުންކުރާ އެތަކެއް މިލިއަން މީހުންގެ ޒާތީ މައުލޫމާތު އިންޓަނެޓުގައި ލީކުކޮށްލިތާ މާގިނަ ދުވަހެއްނުވެ މައިކްރޯސޮފްޓް އިން ހިންގާ ލިންކްޑްއިން ބޭނުނުކުރާ 500 މިލިއަނެއްހާ މީހުންގެ މައުލޫމާތު ލީކުކޮށްލައިފިއެވެ.

މި މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެމީހުންގެ ފުރިހަމަ ނަމާއި، އީމެއިލް އަދި ފޯނު ނަންބަރު ފަދަ މައުލޫމާތެވެ. ނަމަވެސް ލިންކްޑްއިން ހާމަކޮށްފައިވަނީ މި ހުރިހާ މައުލޫމާތު ހެކަރުން ހޯދާފައިވަނީ އެކުންފުނީގެ މަންސައަކުންނޫނެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ތަހުގީގުތަކުން ދައްކާ ގޮތުގައި މި މައުލޫމާތުތަކަކީ އެކިއެކި ވެބްސައިޓް ތަކުން ހޯދާފައިވާ މައުލޫމާތެވެ.

މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ލިންކްޑްއިންގެ އެއްވެސް ޕްރައިވެޓް ޔޫޒާ އެއްގެ މައުލޫމާތު ލީކުވެފައިވާ މައުލޫމާތު ތެރޭގައި ނުހިމެނެއެވެ. އެހެން ކަމުން އެކުންފުނިން ގަބޫލުކުރާ ގޮތުގައި މިމައުލޫމާތަކީ ކޮންމެ މީހެއްގެވެސް ޕަބްލިކް ޕޭޖުގައި ފެންނަން ހުރި މައުލޫމާތެވެ. އެހެންކަމުން އެކުންފުނިން ގަބޫލުކުރަނީ އެކުންފުނީގެ ސާވަތަކަށް ހެކަރުންނަށް ހަމަލާދެވިފައި ނުވާ ކަމަށެވެ.

ލީކްވެފައިވާ މައުލޫމާތު ހިމެނޭ ފަރާތްތަކަށް އެމީހުންގެ މައުލޫމާތު ލީކުވެފައިވާކަން އެންގުމާއި މެދު އެކުންފުނިން އަދި ވަކިގޮތެއް ނުނިންމައެވެ. ނަމަވެސް ފާހަނގަ ކޮށްލަން ޖެހެނީ ފޭސްބުކް އިން އެކުންފުނީގެ ކަސްޓަމަރުންނަށް އެމީހުންގެ މައުލޫމާތު ލީކުވެފައިވާކަން އާންމު ނުކުރުމަށް ވަނީ ނިންމާފައިއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.