ބައި މިލިއަން ވާވޭ ފޯނުތަކަށް ޖޯކާ މަލްވެއާގެ އަސަރުކޮށްފި

އަޙްމަދު އަޙްސަން 14 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބައި މިލިއަނަށްވުރެ ގިނަ ވާވޭ ފޯނު ބޭނުންކުރާ ފަރާތްތަކުން ވަނީ ޖޯކާ މަލްވެއާގެ އަސަރުކޮށްފައިވާ އެޕްލިކޭޝަންތަށް ޑައުންލޯޑްކޮށްފައިއެވެ. މި މަލްވެއާގެ ސަބަބުން ފޯނު ބޭނުންކުރާ ފަރާތަށް ނޭގި ޕްރިމިއަމް މޯބައިލް ހިދުމަތްތަކަށް ސަބްސްކްރައިބްކުރެއެވެ.

ޖޯކާ މަލްވެއާގެ އަސަރު ގޫގަލް ޕްލޭ ސްޓޯގައި ހުރި އެކިއެކި އެޕްލިކޭޝަންތަކަށް ކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިއީ ވާވޭ ފޯނުތަކަށް މި މަލްވެއާގެ އަސަރުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ވާވޭ ފޯނުތަކުން ގޫގަލް ޕްލޭ ސްޓޯ އަކަށް ނުވަދެވެއެވެ. އެހެންކަމުން މި ފޯނުތަކުގައި ބޭނުންކުރަނީ އެކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ އެޕްގެލަރީއެވެ.

ދިރާސާކުރާ ފަރާތްތަކަށް ވަނީ މި މަލްވެއާ އެއްވެސް ނުރައްކަލެއް ނެތްކަމަށް ބެލެވޭ 10 އެޕްލިކޭޝަނަކުން މި މަލްވެއާ ފެނިފައިއެވެ. މި އެޕްލިކޭޝަންތަށް އިޝްތިހާރު ކުރެވިފައިވާ ގޮތަށް މަސައްކަތް ކުރިކަމުގައިވިޔަސް ބެކްގްރައުންޑް ގައި ދިޔައީ ފޯނު ބޭނުންކުރާ ފަރާތަށް ނޭގި މަސައްކަތްކުރަމުންނެވެ. މި އެޕްލިކޭޝަންތަކުގައި ހުރި ނުރައްކާތެރި ކޯޑުގެ އެނަލިސިސް އިން އެނގުނުގޮތުގައި މި މަލްވެއާ މެދުވެރިކޮށް ފޯނު ބޭނުންކުރާ ފަރާތަށް ނޭގި ޕްރިމިއަމް މޯބައިލް ހިދުމަތްތަކަށް ސަބްސްކްރައިބްކުރެއެވެ.

މީގެ އިތުރުން މި މަލްވެއާ އިން އެންމެ ގިނަވެގެން ސަބްސްކްރައިބް ކުރަނީ 5 ހިދުމަތަށްކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. ނަމަވެސް މި ނުރައްކަލުގެ ފަހަތުގައި ތިބި ފަރާތްތަކަށް މި އަދަދު އިތުރު ނުކުރެވޭނެކަމަށް ނުބެލެވޭކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.

މި މަލްވެއާގެ އަސަރުކޮށްފައިވާ ގިނަ އެޕްލިކޭޝަންތަށް އުފައްދާފައިވަނީ އެއް ކުންފުނިންނެވެ. ދިރާސާ ކުރާފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ފިއްތުންތަކާއި ގުޅިގެން ވާވޭ އިން މިއެޕްލިކޭޝަންތަށް އެޕްގެލަރީ އިން ނަގެމުގެ ކުރިން ބައި މިލިއަނަށްވުރެ ގިނަ ފަހަރު މި އެޕްލިކޭޝަންތަށް ވަނީ ޑައުންލޯޑް ކުރެވިފައިއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.