އެޑޯބީގެ ބާނީ 81 އަހަރުގައި މަރުވެއްޖެ

އިސްމާއިލް އަލީ 18 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަޝްހޫރު ސޮފްޓްވެއާ ކުންފުނި އެޑޯބީ ގެ އެއް ބާނީ އަދި ޕޯޓަބަލް ޑޮކިއުމަންޓް ފޯމެޓް (ޕީޑީއެފް) އުފެއްދުމުގައި ހަރަކާތްތެރިވި ޗާލްސް ގެޝްކީ 81 އަހަރުގައި މަރުވެއްޖެއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ސެން ފްރެންސިސްކޯ ބޭ އޭރިއާގައި ދިރިއުޅެމުންދިޔަ ގެޝްކީ މަރުވެފައިވަނީ ހުކުރު ދުވަހުގައިއެވެ.

އެޑޯބީގެ ސީއީއޯ ހާމަކޮށްފައިވާ ގޮތުގައި އޭނާ ދުނިޔެދޫކޮށްދިއުމަކީ އެކުންފުންޏަށް އަދި މުޅި ޓެކްނޮލޮޖީގެ ދާއިރާއަށްވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އެޑޯބޯގެ ބާނީންކަމަށްވާ ގެޝްކީ އަދި ޖޯން ވާނޮކް އަކީ އިންގިލާބީ ސޮފްޓްވެއާއެއް އުފައްދާފައިވާ ބައެއްކަމަށެވެ.

ކާނަގީ މެލަން ޔުނިވާސިޓީން ޑޮކްޓަރޭޓެއް ހާސިލުކުރުމަށްފަހު އޭނަ ފުރަތަމަ މަސައްކަތްކުރަން ފަށާފައިވަނީ ޒެރޮކްސް ޕަލޯ އަލްޓޯ ރިސާޗް ސެންޓަރުގައިއެވެ. އޭނާ އާއި ވާނޮކް އާއި ދިމާވެފައިވަނީ މި ކުންފުނިންނެވެ. 1982 ވަނަ އަހަރު އެމީހުން ވަނީ އެކުންފުނި ދޫކޮށް އެޑޯބީ ކުންފުނި އުފައްދާފައިއެވެ.

2009 ވަނަ އަހަރު އޭރުގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ގެޝްކީ އަދި ވާނޮކް އަށް ނޭޝަނަލް މެޑަލް އޮފް ޓެކްނޮލޮޖީ ދެއްވާފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.