ސްޓާލިންކް އިންޓަނެޓް ޕްރޮޖެކްޓާ މެދު އެހެން ފިކުރެއް

އަޙްމަދު ނިޔާޒް 19 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އީލޮން މަސްކްގެ އަތުގައި ހުރި ފައިސާގެ އަދަދު އަހަންނަކަށް ނޭނގެ އެވެ. އެކަމަކު އޭނާ އަކީ މަހުޖަނެއް ކަމަށް ގަބޫލުކުރަމެވެ. އެހެން ނަމަވެސް އޭނާގެ ޖައްވީ ކުންފުނި ސްޕޭސްއެކްސްއިން ހިންގާ ސްޓާލިންކް އިންޓަނެޓް ޕްރޮޖެކްޓާ މެދު ގަބޫލުކުރަން ބޭނުންވަނީ އޭނާ އެބުނާ ގޮތަކަށް ނޫނެވެ.

ސްޓާލިންކް އިންޓަނެޓް ޕްރޮޖެކްޓްގެ ފެންނަ ފަޅި އަކީ ދުވެލިބާރު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. ގޭބިސީތަކަށާއި ވަކިވަކި ފަރުދުންނަށެވެ. އީލޮން މަސްކު ބުނަނީ ވެސް ސްޓާލިންކްގެ ބޭނުމަކީ މިއީ ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަން ވެސް މިކަހަލަ ޕްރޮޖެކްޓެއް ފިކުރުފުޅުގައި ބިނާކުރެއްވި އެވެ. އެމީހުން ކިޔަނީ "ސްޓާވޯޒް" އެވެ. މިނަން މަޝްހޫރުވެ އަހަރެމެން ތަރުޖަމާކުރީ "ތަރިހަނގުރާމަ" މިހެންނެވެ. މި ޕްރޮޖެކްޓްގައި އަދި ވެސް އަމަލީ ސިފަނުޖެހެ އެވެ. އެކަމަކު އިލޮން މަސްކްގެ ސްޓާލިންކް ޕްރޮޖެކްޓްގައި އަމަލީ ސިފަޖެހި ދަނީ ކުރިއަށެވެ.

ސްޓާލިންކް ޕޮރޮޖެކްޓާ މެދު މިހާހިސާބުން އުފެދޭ ސުވާލަކީ މިއީ ހަމަ ހަގީގަތުގައި ވެސް އިންޓަނެޓް ގުޅައިދެން ކުރާ ބުރަ މަސައްކަތެއްބާ އެވެ. ސެޓެލައިޓް ގުޅުންތަކަށް ވުރެ ފައިބާ ގުޅުމުގެ ދުވެލިބާރުއިރު، މުޅި ދުނިޔެ ފައިބާ ކޭބަލުން ގުޅައިނުލީ ކީއްވެބާއެވެ.

ދުނިޔެއާ ދުރުނޫން ހިސާބު ޖައްވުގައި މިސެޓެލައިޓްތައް އަތުރާލާއިރު، ކޮންމެ ފަހަރަކު 60 ސެޓެލައިޓް އެބަ ފޮނުވަ އެވެ. ވިސްނުމަކީ ދުނިޔެ ކަވަރުކުރުމަށް މިނެޓްވޯކްގައި 30،000 ސެޓެލައިޓް ހިމެނުން ކަމަށް ޕްރޮޖެކްޓް ތަފުސީލްގައި ބުނެ އެވެ.

ސުވާލު އުފެދެނީ މިހެންވެ އެވެ. މިޕްރޮޖެކްޓަށް އެންމެ ފުރަތަމަ އިންވެސްޓްކުރީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން ކަމަށް ވުމެވެ. މިހާ ގިނަ ސެޓެލައިޓް ޖައިވުގައި އުދުހުމަކީ ފަލަކީ އިލްމުވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވުމެވެ. ސެޓެލައިޓުތަކުގެ ބަނޑުދަށުގައި ކެމެރާ ވަޅުލާ ސަބަބެއް ވެސް އޮންނާނެ އެވެ.

ފަލަކީ އިލްމުވެރިންނަކީ ސައިންސަށް ވަރަށް އަގުހުރި ޚިދުމަތްތަކެއްކޮށްދޭ ބައެކެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގައި ތަރިބަލަން ދުރުމިއަޅާލާތަނުން ސެޓެލައިޓްތަކުގެ ދަޅައާ ހެދި ޖައްވުގެ ބިއްދޮށަށް ފޯކަސްކުރުން ދަތިކަމަކަށްވެ އެވެ. އިލްމުވެރިންގެ ކޮމިއުނިޓީން މިޝަކުވާ މިހާރު ވެސް ސްޕޭސްއެކްސްއަށް ވަނީ އުފުލާފަ އެވެ.

ދިގުވާހަކަތަކެއް ކުރުކޮށްލާނަމެވެ. އަހަންނަށް ހީވަނީ މިއީ ޖާސޫސްކުރަން ކުރާ މަސައްކަތެއްހެންނެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.