ސުލްހަ ގާއިމުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަނީ

ހުސެއިން އާރިފް 27 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަލިފްދާލުން ދުނިޔޭގެ ހަނގުރާމަ ހިނގަމުންދާ އެކި ސަރަހައްދުތަކުގައި ސުލްހަ ގާއިމުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ފަށައިފިއެވެ. އެގޮތުން ލީބިޔާ އަދި ޔަމަނުގައި ދިރިއުޅޭ ފަރާތްތަކުގެ ޝުއޫރުތަށް އެޖަމްއިއްޔާއަށް އެންގުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޗެޓް ހިދުމަތެއް ފަށާފައިއެވެ.

އަލިފްދާލުން މި މަސައްކަތް ކުރިއަށް ގެންދަނީ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް އެއްކަމަށްވާ ރެމޭޝް އާއީ ގުޅިގެންނެވެ. އެކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް އަލްގޮރިދަމް ވަނީ ލީބިޔާ އަދި ސީރިޔާގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދީފައިއެވެ.

މި އާޓިފިޝަލް އިންޓެލިޖެންސް ޓޫލް ފަރުމާކުރެވިފައިވަނީ އިންޓަނެޓުގައި ކުރެވޭ ސުވާލުތަކަށް މީހުންދޭ ޖަވާބުތައް ދިރާސާކޮށް އެންމެ ގިނަ މީހުން އެއްބަސްވާ ކަމެއް ދެނެގަނެވޭގޮތަށެވެ. އެހެންކަމުން އަލިފްދާލުން ވަނީ އެޖަމްއިއްޔާ އިން ހަނގުރާމައިގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ސިޔާސީ މީހުންނާއި ދެމެދު ބާއްވާ މަޝްވަރާތަކުގައި ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް މި ސޮފްޓްވެއާ ބޭނުންކުރަން ފަށާފައިއެވެ.

އަލިފްދާލުން ހާމަކޮށްފައިވާ ގޮތުގައި މުސްތަގްބަލުގައި މި ސޮފްޓްވެއާގެ ބޭނުން ސޫދާން، މާލީ، އަފްޣާނިސްތާން އަދި އިރާގުގައި ކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް އެޖަމްއިއްޔާ އިން ދަނީ ސުލްހަވެރިކަމާއިއެކު ހަމަނުޖެހުންތައް ހައްލުކުރުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޓޭންފޯޑް ޔުނިވާސިޓީ އާއި ނާސާ އާއި ގުޅިގެން ސެޓެލައިޓް ފޮޓޯތައް ދިރާސާކޮށް ދެން އެންމެ އަވަހަށް ހަމަނުޖެހުންތައް އުފެދޭނެ ސަރަހައްދުތައް ދެނެގަތުމުގެ މަސައްކަތްވެސް އެޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މުއާހަދާތަކުން މަނާކޮށްފައިވާ ހަތިޔާރު ބޭނުންކުރާ މިންވަރު ދެނެގަތުމަށްޓަކައި މެޝިން ވިޝަން ޓޫލްސްތަކެއް އުފެއްދުމުގެ މަސައްކަތްވެސް އެޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި ސީޔާސީ މީހުން ވީޑިއޯތަކުގައި ދައްކާ ވާހަކަތައް ތަރުޖަމާ ކުރުމަށް އޮޓޮމޭޓެޑް ސްޕީޗް ރެކޮގްނިޝަން ބޭނުންކުރާނެ ގޮތްވެސް އަލިފްދާލުން ދަނީ ދިރާސާ ކުރަމުންނެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.