ޓެކް ކުންފުނިތަކަކީ އަބަދުވެސް އެކުންފުނިތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތްކުރާ ކުންފުނިތަކެވެ. މިފަދަ މަސައްކަތްތަކުގައި އެހެން މީހުން ބައިވެރި ކުރުމަކީ އަންމު ކަމެއް ނޫނެވެ. ނަމަވެސް ގޫގަލް އިން ވަނީ މިއާއި ހިލާފަށް އާންމުންނަށް އަދި ވިޔަފާރިތަކަށް ރީސައިކަލް ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ގޫގަލް މެޕްސް މެދުވެރިކޮށް ތައާރަފްކޮށްފައެވެ. އެގޮތުން ގޫގަލް މެޕްސް މެދުވެރިކޮށް މިހާރު ވަރަށް ފަސޭހައިން ރީސައިކަލް ކުރާތަންތަން ދެނެގަނެވޭނެއެވެ.
އެގޮތުން ގޫގަލް އިން ވެރިފައި ކޮށްފައިވާ ވިޔަފާރިތަކަށް އެކުންފުނީގެ މައި ބިޒްނަސް ޕޭޖް މެދުވެރިކޮށް އެ ވިޔަފާރިތަކުން ރީސައިކަލް ކުރުމަށް ބަލައިގަންނަ ތަކެތި ލިސްޓްކޮށްލެވޭނެއެވެ. ގިނަ ވިޔަފާރިތަކަކީ ވެރިފައިޑް ވިޔަފާރިތަކަކަށް ނުވުމުން ގޫގަލް އިންދަނީ އެތަންތަނަށް ޒިޔާރަތްކުރާ ކަސްޓަމަރުންނާއި ސުވާލުކޮށް އެތަންތަނާއި ބެހޭ މައުލޫމާތު ހޯދައި މި ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އާންމުކޮށް މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލޯކޭޝަންތަކުގެ މައުލޫމާތު ގޫގަލް އާއި ހިއްސާކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައިއެވެ.
މިހާރު މި ހިދުމަތް ހާއްސަވެފައިވަނީ ރީސައިކަލް ކުރެވޭނެ ތަކެތި ދެނެގަތުމަށެވެ. ނަމަވެސް މުސްތަގްބަލުގައި ގޫގަލް މެޕްސް މެދުވެރިކޮށް ރީސައިކަލް ކުރާ ތަންތަނާއި އެތަންތަނުން ރީސައިކަލް ކުރާ ތަކެތި އެނގޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި