މައިކްރޯސޮފްޓް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ޓީމްސް ބޭނުންކުރާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައިއެވެ. އެގޮތުން އެ އެޕްލިކޭޝަން 145 މިލިއަން މީހުން ބޭނުންކުރާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ. މިއީ މި ޕެންޑެމިކް ތެރޭގައި އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު 115 މިލިއަނަށް އެރިކަން އެކުންފުނިން ހާމަކުރިފަހުން މިއެޕްލްކޭޝަނަށް ލިބުނު 26 އިންސައްތައިގެ ކުރިއެރުމެކެވެ.
ކޮވިޑް-19 ޕެންޑެމިކް ދުނިޔެއަށް ކުރިމަތި ވިއިރު ޓީމްސް ދުވާލެއްގެ މައްޗަށް ބޭނުންކުރަމުން ދިޔައީ 32 މިލިއަން މީހުންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އަދަދު ވަނީ 75 މިލިއަނަށް އިތުރުވެފައިއެވެ. އަދި މި އަދަދުތައް ވަނީ ޕެންޑަމިކްގެ ފުރަތަމަ ދުވަސްކޮޅާއި އަޅާބަލާއިރު ދެގުނަ އިތުރުވެފައިއެވެ. މިއީ އެކުންފުނިން ވިޔަފާރިތަކަށް ކްލައުޑަށް ބަދަލުވެ ޓީމްސް ބޭނުންކުރުމަށް ބާރުއަޅަމުން ދިޔަ ވަގުތެއްގައި އެކުންފުންޏަށް ހާސިލުކުރެވިފައިވާ ވަރަށް ބޮޑު ކާމިޔާބެކެވެ.
ނަމަވެސް މި އެޕްލިކޭޝަންގެ ވާދަވެރިން ކަމަށްވާ ޒޫމް އާއި ގޫގަލް މީޓް އާއި ޓީމްސް އަޅާކިޔުމަކީ ފަސޭހަކަމެއްނޫނެވެ. މިކަން މިހެންވާން ދިމާވާ ސަބަބަކީ މި އެޕްލިކޭޝަންތަކުން ދުވާލެއްގެ މައްޗަށް އެއެޕްލިކޭޝަންތައް ބޭނުންކުރާ އެކްޓިވް ޔޫޒާސް ގެ މައުލޫމާތު ހާމަނުކުރާތީއެވެ. ޒޫމް އިން ހާމަކޮށްފައިވާ ގޮތުގައި ނިމިދިޔަ އަހަރު އެކުންފުނީގެ އެޕްލިކޭޝަން ދުވާލެއްގެ މައްޗަށް 300 މިލިއަން މީހުން ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ގޫގަލް މީޓް މިދިޔައަހަރު 100 މިލިއަން މީހުން ދުވާލެއްގެ މައްޗަށް ބޭނުންކޮށްފައިވެއެވެ.
ޓީމްސް އަށް މިއަހަރު ދިމާވި މައްސަލަތަކަކީ މިކާމިޔާބީއާއި ގުޅިގެން ދިމާވި މައްސަލަތަކެއް ކަމަށް ބެލެވެއެވެ. އެގޮތުން މިއަހަރު ދެފަހަރެއްގެ މަތިން ޓީމްސް ގެ ހިދުމަތް ވަނީ މެދުކެނޑިފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި