ބާކީ ޑާޓާ އަންނަމަހަށް ބޭނުންކުރެވޭ ޚިދުމަތް ތާޢާރަފްކޮށްފި!

އަޙްމަދު އަޙްސަން 30 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މަސް ނިމޭއިރު ބާކީ ހުންނަ ޑާޓާ ޖެހިގެން އަންނަ މަހު ބޭނުން ކުރެވޭނެ ގޮތް އުރީދޫއިން ހަދައިފިއެވެ. މި ޚިދުމަތް ލިބެމުންދަނީ 600 ރުފިޔާ އިން މަތީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.

މި ޚިދުމަތް ތަޢާރަފް ކުރަމުން އުރީދޫ އިން ބުނެފައިވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ޑާޓާ ރޯލްއޯވަރ ސަރވިސްގެ ސަބަބުން މަސް ނިމޭއިރު ބާކީ ހުންނަ ޑާޓާ ޖެހިގެން އަންނަ މަހު ޑާޓާ އެލެވެންސް އަށް އޮޓޮމެޓިކުން އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި 600 ރުފިޔާ އިން މަތީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚިދުމަތް ލިބިގެންދާއިރު ޕޯސްޓްޕެއިޑް "ވަރަށް ތަފާތު" އަދި "އެކު" ޕޯސްޓްޕެއިޑް ޕްލޭން ތަކުގައި މި ޚިދުމަތް އެކުލެވިގެންވާނެ ކަމަށެވެ.

އަދި އުރީދޫ އިން ބުނި ގޮތުގައި ޑާޓާ ރޯލްއޯވަރ ސަރވިސް އިން ހަމަ އެކަނި އެޑް ނުކުރެވޭނީ ސޯޝަލް މީޑިޔާ އެލެވެންސް އާއި އެޑް-އޮންސްތައް ކަމަށެވެ.

ބާކީ ޑާޓާ ރޯލް ކުރެވެނީ ވަކި އަދަދަކަށެވެ.

ޕޯސްޓްޕެއިޑް 600 އާއި 800 ޕްލޭން ތަކަށް އެންމެ ގިނައިން ރޯލް ކުރެވޭނީ 30 ޖީބީ އެވެ.

ޕޯސްޓްޕެއިޑް 1000 ޕްލޭން އަދި އެއައްވުރެ މަތިން ނަމަ އެންމެ ގިނައިން ރޯލް ކުރެވޭނީ 200 ޖީބީ އެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.