ނެޓްވޯކް އަޕްގްރޭޑު މަސައްކަތެއް ކުރުމަށްޓަކައި 1 މެއި ވާ ހޮނިހިރު ދުވަހު ފިކްސްޑް ބްރޮޑްބޭންޑް ހިދުމަތަށް ބުރޫ އަރާފާނެ ކަމަށް ދިރާގުން ބުނެފިއެވެ.
މިކަމާގުޅިގެން ދިރާގުން ބުނީ އެ ކުންފުނީގެ ފިކްސްޑް ބްރޮޑްބޭންޑް ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތެއް އެ ދުވަހުގެ މެންދަމު 12 އިން ހެނދުނު ހަތަކަަށް ކުރިއަށް ގެންދަން ނިންމާފަައިވާ ކަމަށާއި އެ ވަގުތުގެ ތެރޭގައި 10 މިނެޓާ 30 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށެވެ.
މަސައްކަތުގެ ތެރޭ އިތުރު މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަން ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށާއި އަދި މަސައްކަތް ކުރާ ވަގުތު ރާވާފައިވަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތަށް ބުރޫ ނާރާނެހެން ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ވަނީ މަސައްކަތް ކުރާވަގުރު ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ. އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދީ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމަށް ކަމަށް ދިރާގުން ބުންޏެވެ.
ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.