ޓެލެގްރާމް އިން ވީޑިއޯ ކޮންފަރެންސިންގް ތައާރަފް ކުރަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެލެގްރާމް އަށް އެންމެ ފަހުން ފޯރުކޮށްދީފައިވާ އަޕްޑޭޓްގައި އެ އެޕްލިކޭޝަން ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފައިއެވެ. މި އަޕްޑޭޓް ތަކަށް ފަހު އެކުންފުނީގެ ސީއީއޯ ހާމަކޮށްފައިވާ ގޮތުގައި މެއި މަހު ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް ގްރޫޕް ވީޑިއޯ ކޯލްތައް ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. އެގޮތުން އެހެން މިފަދަ ވަސީލަތްތަކާއި އެއްގޮތަށް ޓެލެގްރާމްގެ ވީޑިއޯ ކޮންފަރެންސިންގް ޓޫލް ގައިވެސް ނޮއިސްކެންސެލޭޝަން، ސްކްރީން ޝެއާރިންގް، އަދި މޮބައިލް، ޑެސްކްޓޮޕް އަދި ޓެބްލެޓްތަކަށް ހިމެނޭނެއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ޓޫލް ވެގެންދާނީ ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކުން ބޭނުންވާހައި ހަލުވި އަދި ރައްކާތެރިއެއްޗަކަށެވެ.

ޓެލެގްރާމް އިން މިހާރުވެސް އެކަކު އަނެކަކަށް ވީޑީއޯ ކޯލް ކުރެވެއެވެ. އަދި މީގެ އިތުރުން ޓެލެގްރާމްގައި ގްރޫޕް ވޮއިސް ޗެޓް ވެސް ހިމެނެއެވެ. އެހެންކަމުން މި ހިދުމަތް ތައާރަފް ކުރުމާއިއެކު ޓެލެގްރާމް އަށް ޒޫމް، ވަޓްސްއެޕް އަދި މެސެންޖާ ރޫމްސް ފަދަ އެޕްލިކޭޝަންތަކާއި ވާދަކޮށްލެވޭނެއެވެ.

ޓެލެގްރާމް އިން ވަނީ ކޮވިޑް-19 ޕެންޑެމިކާއިއެކު 2020 ވަނަ އަހަރު މި ހިދުމަތް ތައާރަފްކުރާނެ ކަމަށް އިއުލާންކޮށްފައިއެވެ. އެހެން ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކަށް ވުރެ ލަހުން މި ހިދުމަތް ޓެލެގްރާމް އިން ލިބުނުކަމުގައި ވިޔަސް މި ހިދުމަތް ވެގެންދާނީ ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާ މުހިންމު ހިދުމަތަކަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.