ޖުލައި އެއްވަނަ ދުވަހުން ފެށިގެން އަގުހެޔޮ އިންޓަނެޓް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓަނެޓް އަގުހެޔޮ ކުރުމާއި ގުޅެ ގޮތުން ކަމާ ގުޅުންހުރި ޕްލޮސީ އަދި ޓެކްނިކަލް ލެވެލްގެ މަޝްވަރާއެއް ހޮނިހިރު ދުވަހުގެރޭ ކުރިއަށް ގެންގޮސްފައި ވެއެވެ. މި ބައްދަލުވުމުގައި މި އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގު ސަރުކާރުން ހުށަހަޅާ ގޮތަށް ތިރިކުރުމަށް އެއްބަސް ވެފައިވާ ކަމަށް މައުލޫމަތު ލިބެއެވެ. މިގޮތަށް ހިދުމަތްދޭ ފަރަތްތަކުން އެއްބަސް ވެފައިވަނީ ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި އިތުރު ފަރާތަކަށް ހިދުމަތް ދިނުމުގެ ލައިސެންސް ނުދޭގޮތަށް ކަމަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ދީފައި ވެއެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މަޝްވަރާގައި ސަރުކާރުން ހުށަހަޅާ ފައި ވަނީ ފިކްސް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ އަގު ތިރިކުރުމަށެވެ. މިގޮތުން 250ރ އަށް 5 އެމްބީޕީއެސްގެ ސްޕީޑްގައި 30 ޖީބީ ގެ އިންޓަނެޓް ޕެކޭޖް އެއް ވިއްކުމަށާއި 500ރ އަށް 15 އެމްބީޕީއެސްގެ ސްޕީޑުގައި 100 ޖީބީ އައި 750ރ އަށް 25 އެމްބީޕީއެސްގެ ސްޕީޑުގައި 200 ޖީބީ ވިއްކުމަށް ހުށަހަޅާފައި ވެއެވެ. މި އަގުތަކާއި މެދު ގޮތެއް ނިންމިކަން މިހާތަނަށް ކަށްވަރު ވެފައި ނުވެއެވެ.

ސަރުކާރުގެ ކެމްޕެއިން ވައުދު ތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އެއް ވައުދު ކަމުގަވާ އިންޓްނެޓްގެ އަގު ތިރި ކުރުމުގެ ވައުދު ނުފުދި ލަސް ވާތީ ގިނަ ބަޔެއްގެ ކަންބޮޑުވުން އުފެދިފައި ވެއެވެ. މި ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލްގެ އިތުބާރު ނެތް މައްސަލައިގައި ވެސް ރައްޔިތުންގެ މަޖްލީހުގައި އެންމެ ބޮޑަށް ދެކެވުނީ އިންޓަނެޓްގެ އަގު ތިރި ކުރުމުގެ ވައުދު ނުފުދި ވާކަމެވެ.

އަދާހަމަ : ހަބަރު ފަތުރާ ވަސީލަތްތަކުގައި އިންޓަނެޓް އަގުދަށް ކުރުމާއި ގުޅެ މަޝްވަރާތަކާއި ގުޅޭގޮތުން ހިއްސާކޮށްފައި ވަނީ މުޅިން ރަނގަޅު މައުލޫމާތު ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ޓްވީޓް ކުރައްވައި ވެއެވެ. އިންޓަނެޓްގެ އަގަށް ވަރަށް އަވަހަށް އެދެވޭ ހެޔޮބަދަލެއް އަންނާނެ ކަމަށް އެޓީޓްގައި ވިދާޅުވެފައި ވެއެވެ.



ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.