ސޮނީގެ "ފޯކަސް" ވަނީ މަޑުމަޑުން ޑީ.އެސް.އެލް.އާރ ކެމެރާތަކާއި ދުރަށްޖެހިފައެވެ. ސޮނީއިން އެންމެ ފަހުން ވިއްކުން ހުއްޓާލައިފައިވަނީ 42 މެގަޕިކްސެލްގެ އަލްފާ99 މާރކް 2 އެވެ. މިހާރު ކެމެރާވިއްކާ ގިނަ ވެބްސައިޓްތަކުންނާއި ސޮނީގެ އެކި ރީޖަންތަކުގެ ވެބްސައިޓްތަކުން ސޮނީ ޑީ.އެސް.އެލް.އާރ ކެމެރާތައްވަނީ އުނިކޮށްފައެވެ. ސޮނީއިން ރަސްމީކޮށް ޑީ.އެސް.އެލް.އާރ ކެމެރާ ވިއްކުން ހުއްޓާލިކަން އިއުލާން ނުކުރިނަމަވެސް މިއީ ފޮޓޯގްރްފީ ދާއިރާގެ ގިނަބަޔަކު މާކުރިން ލަފާކޮށްފައިވާ ކަމެކެވެ. ސޮނީއިން އެންމެ ފަހުން ޑީ.އެސް.އެލް.އާރ ކެމެރާއެއް މާކެޓަށް ނެރެފައިވަނީ މީގެ ފަސް އަހަރު ކުރިން 2016ގައެވެ. ސޮނީ އިން މީގެ ކެމެރާ ވިއްކުން ހުއްޓާލި ނަމަވެސް ކެނޮން އަދި ނިކޮން އިން 2020 ވަނަ އަހަރުވެސް އައު 3 ކެމެރާއެއްވަނީ މާކެޓަށް ނެރެފައެވެ. ޑީ.އެސް.އެލް.އާޜ އިން މިރާލެސް ކެމެރާއިން ގިނަ ފޮޓޯގްރާފަރުން ބަދަލުވާ އެއް ސަބަބަކީ ޑީ.އެސް.އެލް.އާރ އަށްވުރެ މިރާލެސް ކެމެރާ ސައިޒުން ކުޑަވެފައި ލުއިވުމެވެ.
ސޮނީއިން ދެން ވިއްކާނީ އަލްފާ ސީރީޒްގެ މިރާލެސް ކެމެރާތަކާއި ސައިބަރޝޮޓް ސީރީޒްގެ ޕޮއިންޓް އެންޑް ޝޫޓް ކެމެރާއެވެ. މިރާލެސް ކެމެރާގެ މާކެޓުގެ ކުރީގައި އުޅެނީ ސޮނީއެވެ. އެގޮތުން މިރާލެސް ކެމެރާ މާކެޓްޝެއަރގެ 43% އޮތީ ސޮނީއަށެވެ. ސޮނީ އަލްފާ 1، އަލްފާ 7 މާކް 3، އަލްފާ 7އާރ މާކް 4، އަލްފާ 9 މާކް 2 އަކީ ގިނަ ޕޮޓޯގްރާފަރުންގެ މަޤުބޫލުކަން ހޯދާފައިވާ މޮޑެލްތަކެކެވެ.
ޓެކްނޮލޮޖީގެ ފޭންއެއް