އައިއޯއެސް 14.5 އާއިއެކު އެޕް ޓްރެކިން ހުއްޓުމަކަށް އަންނަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް އިން އަލަށް ތައާރަފްކުރި އައިއޯއެސް 14.5 އާއިއެކު އެޕް ޓްރެކިން ބޭނުންކުރާ ފަރާތްތަކުގެ އަދަދު ދަށަށްދާން ފަށައިފިއެވެ. އެގޮތުން އެޕް އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ ފްލަރީ އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގައި އައިފޯނު ބޭނުންކުރާ މީހުންގެ 4 އިންސައްތައާއި އަދި މުޅި ދުނިޔެއިން އައިފޯނު ބޭނުންކުރާ މީހުންގެ 11 އިންސައްތަ މީހުން ވަނީ އައިއޯއެސް 14.5 އާއިއެކު އެޕް ޓްރެކިން ބޭނުންކުރުން ހުއްޓާލާފައިއެވެ.

މި އަޕްޑޭޓްގެ ކުރިން އެކި އެޕްލިކޭޝަންތަކަށް އެޕަލް އައިޑެންޓިފަޔާ ފޯ އެޑްވަޓައިޒާޒް މެދުވެރިކޮށް އައިފޯނު ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު އިޝްތިހާރުކުރުމުގެ ބޭނުމުގައި ޓްރެކްކުރެވެއެވެ. ނަމަވެސް އައިއޯއެސް 14.5 އާއިއެކު ކޮންމެ އެޕަކުންވެސް ޓްރެކްކުރުމަށް އެޕްލިކޭޝަން ބޭނުންކުރާ ފަރާތުގެ ހުއްދަ ހޯދަންޖެހެއެވެ.

އައިއޯއެސް 14.5 ގައި ހިމެނޭ މި ފީޗާ އަކީ އެޕް ޓްރެކިން ޓްރާންސްޕޭރެންސީ ފީޗާއެވެ. އައިއޯއެސް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ތައާރަފްކުރެވިފައިވާ މި ފީޗާ ގެ ސަބަބުން އެޕްތަކަށް އެޕްތަށް ބޭނުންކުރާ ފަރާތްތަކުގެ ހުއްދަ ނެތި އެމީހުންގެ މައުލޫމާތު ޓްރެކްއެއް ނުކުރެވޭނެއެވެ. މީގެ އިތުރުން މި ފީޗާގައި ޑިފޯލްޓް ސެޓިންގް އެއްގެ ގޮތުގައި ހުރިހާ އެޕްލިކޭޝަނަކަށް އެޕް ޓްރެކިން އޮފް ކޮށްލެވެއެވެ. މިއާއިއެކު އެޕް ޓްރެކްކިން އޮން ކުރަން ބޭނުންވާ އެޕްލިކޭޝަންތަށް ސެޓިންގްސް އިން ފެންނަން ހުންނާނެއެވެ.

އިތުރަށް ވިދާޅުވުމަށް: އެޕަލްގެ 'އޭޓީޓީ' ޔޫޒާ ޕްރައިވެސީގެ އިންގިލާބަކަށް ވެދާނެބާ؟

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.