ހެކި ހުށައަޅާނެ ޕޯޓަލް އެއް ފުލުހުން ޢިއުލާން ކޮށްފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާ އާއި ގުޅޭގޮތުން ލިބިފައިވާ ހެކި އޮންލައިކޮށް ޙިއްޞާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، މެއި 6 ވަނަ ދުވަހު ދީފައިވާ ނިރުބަވެރި ހަމަލާއާ ގުޅޭ މަޢުލޫމާތާއި ފޮޓޯއާއި ވީޑިއޯ ފުލުހުން ދީފައިވާލިންކުބޭނުން ކޮށްގެން ޙިއްޞާ ކުރެވޭނެ ކަމަށެވެ.

ފުލުހުން ވަނީ މި މަޢުލޫމާތު ޙިއްޞާ ކުރާ ފަރާތްތަކާއި ޙިއްޞާކުރާ މަޢުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަޤީންކަން ދީފައެވެ. އަދި ފުލުހުންގެ ހޮޓްލައިން ނަންބަރު 9704000 އަށް ގުޅައި މަޢުލޫމާތު ޙިއްޞާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މަޢުލޫމާތު ޙިއްޞާ ކުރުމަށް ބޭނުންވަނީ އެމީހާގެ ފުރިހަމަ ނަން، އުމުރާއި ގުޅޭނެ ފޯނު ނަމަބަރު އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ޝައްކު ކުރެވޭ މީހުންގެ ފޮޓޯ މީސްމީޑިޔާގައި ޢާއްމުވުމާއި ގުޅިގެން ބައެއް ފަރުދުން ދަނީ ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ފޮޓޯ އެންހޭސް ކުރަމުންނެވެ. އެގޮތުން އާޓިފިޝިއަލް އިންޓެލިޖެންސް ބޭނުން ކޮއްގެން ފަރުދަކު ވަނީ ބޮން ގޮއްވާލި ސަރަހައްދުން ފިލިކަމަށް ބުނާ މީހަކުގެ ފޮޓޯ އެންހޭސް ކޮށްފައެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.