ރެންސަމްވެއާ އެއްގެ ސަބަބުން އެމެރިކާގެ އެންމެ ބޮޑު ޕެޓްރޯލް ވިއުގަ ހިންގާ ކުންފުނިން އެކުންފުނީގެ އޮޕަރޭޝަންތަށް ހުއްޓާލައިފިއެވެ. އެކުންފުނީގެ އޮޕަރޭޝަންތަށް ހުއްޓާލާފައިވަނީ މި ހަމަލާދިން ފަރާތުން ހަކަތައިގެ މާކެޓު ހުއްޓުވުމަކަށް ގެނެސް އެގައުމުގެ އީސްޓް ކޯސްޓްއަށް ފޯރުކޮށްދެމުން އަންނަ ޕެޓްރޯލް އާއި ޑީސަލްގެ ސަޕްލައި ހުއްޓުވުމަށް ގެނައުމަށް އިންޒާރު ދިނުމުންނެވެ.
މި ވިއުގަ ހިންގާ ކޮލޯނިއަލް ޕައިޕްލައިން ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ބައެއް އޮޕަރޭޝަންތަށް ހުއްޓާލާފައިވަނީ އެކުންފުނީގެ އައިޓީ އަދި އެހެނިހެން އޮޕަރޭޝަންތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއަކާއި ގުޅިގެންނެވެ. މީގެ އިތުރުން މިހާރު އަލުން އޮޕަރޭޝަން ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.
ކޮލޯނިއަލް އަކީ އެމެރިކާގެ އިރުމަތީ ސްޓޭޓްތަކަށް ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް ފޯރުކޮށްދޭ މައި ކުންފުންޏެވެ. އެކުންފުންޏަށް ދީފައިވާ ހަމަލާ ދީފައިވަނީ ޑާކްސައިޑް ނަމަކަށް ކިޔާ ރެންސަމްވެއާ ގްރޫޕެއް މެދުވެރިކޮށެވެ. މިހަމަލާ ދީފައިމިވަނީ މިފަދަ ތަންތަނަށް އެމާޒުކޮށްގެން ދޭ ސައިބާ އެޓޭކްތަށް ގިނަވުމުގެ ސަބަބުން މިކަމާއި ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވައިޓްހައުސް އިން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައިއެވެ.
ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ފަޔާއައި އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އިންސިޑެންޓް ރެސްޕޮންސް ޑިވިޝަނުންދަނީ މި ހަމަލާ ތަހުގީގުކުރުމަށް އެހީތެރިވަމުންނެވެ. މީގެ އިތުރުން އެމެރިކާގެ ވައިޓްހައުސް އިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ރައީސް ބައިޑެން އާއި ވަނީ މިހަމަލާއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެވިފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި