"ދަ ސާރކަލް ބައި އުގެއިލް ފައުންޑޭޝަން" ދަރިވަރުންގެ ހުނަރު

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

"ދަ ސާރކަލް ބައި އުގެއިލް ފައުންޑޭޝަން" ގެ ދަރިވަރުންގެ ހުނަރު އެކުދިން ތައްޔާރުކޮށްފައިވާ އީ ކާޑުތަކުން ފެނިއްޖެ ކަމަށް އުގެއިލް ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ޑރ. ހަސަން އުގެއިލު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފިޠުރު ޢީދާ ދިމާކޮށް ޕްރޮގްރާމުގައި ބައިވެރިވި އުމުރުން 13 އަހަރުގެ ކުއްޖަކު އަމިއްލައަށް ކޯޑުކޮށް ތައްޔާރުކޮށް އެމަނިކުފާނަށް ފޮނުވާފައިވާ އީކާޑެއް އަމިއްލަ ސޯޝައަލް މީޑިއާގައި ޙިއްޞާކުރައްވައިގެންނެވެ.

" މިއީ ކޯޑިންގ އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްގައި ބައިވެރިވި އުމުރުން 13 އަހަރުގެ ޖަންނަ އަޅުގަނޑަށް ފޮނުވި ޢީދު ކާޑެއް، މި އީ ކާޑު ކޯޑު ކުރީ ޖަންނަ އަމިއްލެއްޔަށް" ޕްރޮފެސަރ އުގައިލު ވިދާޅުވި އެވެ.

"ދަ ސާރކަލް ބައި އުގެއިލް ފައުންޑޭޝަން" އަކީ ކުޑަކުދިން ސައިންސާއި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ ގޮތުން އުގެއިލު ފައުންޑޭޝަނާއި އެޗްޑީސީ އާއި ގުޅިގެން، އޮންލައިންކޮށް ކުރިއަށްގެންދާ ޙާއްޞަ ޕްރޮގްރާމުތަކެކެވެ. މި ޕްރޮގްރާމްތަކުގައި ކޯޑު ކުރުމާއި ވެބްސައިޓް ހެދުމާއި އަދި ގޭމު ތައްޔާރުކުރުމުގެ އިތުރުން ކްރިޓިކަލް ތިންކިން އަދި ލީޑާރޝިޕް ސްކިލްސް ދަސްކޮށްދެއެވެ. މި ޕްރޮގްރާމްތަކުގައި އުމުރުން 8 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިން ބައިވެރިވެއެވެ.

ތިރީގައިވާ ލިންކް ތަކުން މި ޕްރޮގްރާމް ގެ ބައެއް ދަރިވަރުން އީދު ތަހުނިޔާ ފޮނުވުމަށް ހަދާފައިވާ އިލެކްޓްރޯނިކް ކާޑުތައް ފެނިގެން ދާނެއެވެ.

https://EidCard-18.a420231.repl.co

https://eidcard.a393721.repl.co

https://eidcardedited.a377909.repl.co

https://eidcardedited-1.a355298.repl.co

https://happyeid.a378202.repl.co




އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.