އެމޭޒަން އިން ވިޔަފާރިކުރާ އިނޑިއާ ކަސްޓަމަރުންނަށް ހާއްސަކޮށް ނެރެފައިވަނީ ހިލޭ ވީޑިއޯ ބަލާލެވޭ "މިނީޓީވީ" ހިދުމަތެވެ. މިއީ އެމޭޒަން ޝޮޕިން އެޕްގެ ގައި ހިމަނާފައިވާ ބަޔެކެވެ. މި ހިދުމަތަކީ އެހެން ސްޓްރީމިން ހިދުމަތްތަކާއި (އަދި އެމޭޒަން ޕްރައިމް ވީޑިއޯ ހިދުމަތާއި) ހިލާފަށް މުޅިން ހިލޭ ލިބޭ ހިދުމަތަކަށްވުމުން އެމޭޒަންގެ އެއްވެސް ސަބްސްކްރިޕްޝައް ބޭނުމެއް ނުވާނެއެވެ. މިއީ އެޑް-ސަޕޯޓެޑް (އިސްތިހާރު ހިމަނާފައިވާ) ހިދުމަތަކަށްވުމުން އެޕްތެރެއިން ދޭތެރެދޭތެރެއިން އިސްތިހާރު ފެންނާނެއެވެ.
މިހާރު މިހިދުމަތް ހަމައެކަނި އެންޑްރޮއިޑް ޑިވައިސްތަކަށް ލިބުނުކަމުގައިވީނަމަވެސް ކުރިއަށް އޮތް މަސްތަކުގައި އައި.އޯ.އެސް ޑިވައިސްތަކަށާއި ބްރައުޒަރތަކަށް މިހިދުމަތް ލިބޭނެކަމަށް އެމޭޒަންއިން ބުނެއެވެ. މިހިދުމަތަކީ އެމޭޒަން އާއި ވާދަކުރާ ފްލިޕްކާޓް އިން 2019 އަހަރު ފްލިޕްކާޓް ޝޮޕިން އެޕްގައި ވީޑިއޯ ސްޓްރީމްކުރެވޭ ބައެއް ހިމެނުމުން އެމޭޒަން އިން ދިން ރައްދެއް ކަމަށް ބެލެވެއެވެ. އަދި މިހިދުމަތުގެ ސަބަބުން ނެޓްފްލިކްސް ކަހަލަ ސްޓްރީމިން އެޕްތައް ބޭނުންކުރާ މިންވަރު މަދުވާނޭކަމަށް އެމޭޒަންއިން ލަފާކުރެއެވެ.
މިނީޓިވީގައި ހިމެނޭ ބައިތަކުގެ ތެރޭގައި ވެބް ސީރީޒް އަދި ކޮމެޑީ ޝޯ ހިމެނެއެވެ. އަދި މީގެ އިތުރުން ފެޝަން އާއި، ކާތަކެއްޗާއި ޓެކް އާއި ގުޅޭ ކޮންޓެންޓްވެސް ހުންނާނެއެވެ. މިހާރު މިނީޓީވީގައި ހުރި ބައެއްވީޑިއޯ އުފައްދާފައިވަނީ އިންޑިއާގެ އެންމެ ބޮޑު ވެބް ސްޓޫޑިއޯތެރޭގައި ހިމެނޭ ޓީ.ވީ.އެފް އަދި ޕޮކެޓް އޭސެސް އިންނެވެ.
ޓެކްނޮލޮޖީގެ ފޭންއެއް