ބިޓްކޮއިންގެ އަގު %30 އަށް ދައްވެއްޖެ!

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފާއިތުވި ހަފްތާއިން ފެށިގެން ބިޓްކޮއިނެއްގެ އަގު، ގާތްގަނޑަކަށް 30 އިންސައްތަ ދައްވެއްޖެއެވެ. އިތޭރިއަމް އާއި އެހެނިހެން ކްރިޕްޓޯ ކަރަންސީތަކުގެ އަގުތައް ވެސް އަންނަނީ ދައްވަމުންނެވެ.

ޑިޖިޓަލް ކަރަންސީ ދިރާސާކުރައްވާ މާހިރުން ސިފަކުރާ ގޮތުގައި އަގު ދަށަށް ދިއުމަށް މެދުވެރިވި އެއް ސަބަބަކީ ޗައިނާއިން ކްރިޕްޓޯ ކަރަންސީ ޚިދުމަތްދޭ ބޭންކްތައް ބްލޮކް އެކަން މަނާ ކުރުމުންނެވެ. ޗައިނީސް ބޭންކިންގ އެސޯސިއޭޝަން އިން ނެރުނު ސްޓޭޓްމަންޓެއްގައި ހާމަ ކޮއްފައިވަނީ ޑިޖިޓަލް ކަރަންސީ އަކީ ވަރަށް ވޮލަޓައިލް އެއްޗެއް ކަމަށާއި ޚިދުމަތްދިނުން ހުއްޓާލުމަށެވެ. މި ސްޓޭޓްމަންޓް ނެރުމާއި އެކު ހުރިހާ ކްރިޕްޓޯ ކަރަންސީ އެއްގެ އަގުދައްވެ އިވެސްޓަރުން އިންވެސްޓުކުރުން ހުއްޓާލިއެވެ.

އެހެން މާހިރުން ހާމަ ކުރާ ގޮތުގައި އަގު ދަށަށް ދިއުމަށް މެދުވެރިވި ދެވަނަ ސަބަބަކީ ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކްގެ ސަބަބުންނެވެ. އެއީ ވަރަށް ފަހުން ޓެސްލާއިން އިލެކްޓްރިކް ކާރު އުފައްދާ ކާރުހާނާއިން ބިޓްކޮއިން އިން ފައިސާގެ މުޢާމަލާތް ކުރުން ހުއްޓާލުމުންނެވެ. އެހެންކަމުން އިވެސްޓަރުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިންވެސްޓުކުރުން ހުއްޓާލީއެވެ.

ބިޓްކޮއިންއަކީ ދުނިޔޭގައި ދައުރުވަމުން އަންނަ އެންމެ އަގުބޮޑު ކްރިޕްޓޯ ކަރަންސީ އެވެ. ބިޓްކޮއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގައި އާދަޔާޚިލާފު ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ބިޓްކޮއިންގެ އަގު ރަނުގެ އަގަށްވުރެވެސް މިއަދު ބޮޑެވެ. ބިޓްކޮއިނުގެ އަގު 30 އިންސައްތަ ދައްވެ 30،004 އެމެރިކާ ޑޮލަރަށް ތިރިވިއިރު، ކްރިޕްޓޮކަރަންސީގެ ތާރީޚުގައި ބިޓްކޮއިންގެ އަގު އެންމެ މައްޗަށް އެރީ މިއަހަރު އޭޕްރިލް މަހު 64،900 އެމެރިކާ ޑޮލަރަށެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.