ޓްވިޓާ ބްލޫ 2.99 ޑޮލަރަށް ހުޅުވާލަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓާ އިން އެކުންފުނީގެ ސަބްސްކްރިޕްޝަން ހިދުމަތް ތައާރަފް ކުރުމަށް މަސައްކަތްކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން ރިޕޯޓުތަކުން ބުނާގޮތުގައި މި ހިދުމަތަށް ދެވިފައިވާ ނަމަކީ ޓްވިޓާ ބްލޫ އެވެ. އަދި މި ހިދުމަތް ފަށާ އަގަކީ މަހަކަށް 2.99 ޑޮލަރެވެ.

ޓްވިޓާ ބްލޫގައި ހިމެނޭ އައު ފީޗާތަކަށް ބަލާއިރު މި ހިދުމަތާއިއެކު ކަލެކްޝަންސް ގެ ނަމުގައި ފީޗާއެއް ހިމެނިގެންދާނެއެވެ. ކަލެކްޝަންސް މެދުވެރިކޮށް ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ކަމުދާ ޓްވީޓުތައް ފަހުން ބަލާލުމަށްޓަކައި ސޭވްކޮށްލެވޭނެއެވެ. މީގެ އިތުރުން ޓްވިޓާގެ އަންޑޫ ޓްވީޓް ފަންކްޝަން ވެސް ހިމެނިފައިވަނީ ޓްވިޓާ ބްލޫގެ ބައެއްގެ ގޮތުގައިއެވެ. މި ފަންކްޝަން މަސައްކަތް ކުރަނީ ގާތްގަނޑަކަށް ޖީމެއިލްގެ އަންޑޫ ސެންޑް ބަޓަން އާއި އެއްގޮތަށެވެ. ރިޕޯޓްތަށް ބުނާގޮތުގައި ޓްވިޓާ އިން މިހާރު މަސައްކަތްކުރަމުންދަނީ އަންޑޫ ޓްވީޓް ފަންކްޝަން 5 ސިކުންތުން 30 ސިކުންތަށް އިތުރުކުރުމަށެވެ.

މީގެ އިތުރުން ޓްވިޓާ ބްލޫ އާއިއެކު ސްކްރޯލް ފެނުމަކީވެސް ގާތްކަމެކެވެ. އެގޮތުން ޓްވިޓާ އިން ވަނީ ސަބްސްކްރިޕްޝަން ހިދުމަތެއް މެދުވެރިކޮށް ހަބަރުފަތުރާ ވެބްސައިޓް ތަކުގައި ހުންނަ އިޝްތިހާރުތައް ރިމޫވްކޮށްދޭ ސްކްރޯލް ގަނެފައިއެވެ. ސްކްރޯލް ގެ އިތުރުން ޓްވިޓާ ބްލޫގައި އާމްދަނީ ހޯދުމަށް ދެން ތައާރަފް ކުރާނެކަމަށް ބެލެވެނީ ރެވިއު އެވެ. ރެވިއު އަކީ މީސްމީޑިއާ ވެބްސައިޓް ތަކުގައި ނިއުސްލެޓާ ޕަބްލިޝްކުރުމަށް އެހީތެރިވެދޭ ހިދުމަތެކެވެ. ޓްވިޓާ އިން ވަނީ ޖެނުއަރީ މަހުގައި މި ކުންފުނިވެސް ގަނެފައިއެވެ.

ޓްވިޓް ބްލޫ އަކީ އަދިވެސް ޕްރޮޑަކްޝަން ނިމިފައިނުވާ ހިދުމަތަކަށްވުމުން މި ހިދުމަތް އާންމުންނާއި ހަމަޔަށް އަންނާނީ ކޮންއިރަކު ކަމެއް އަދި ޔަގީނެއްނޫނެވެ. އަދި ހަމައެއާއިއެކު މި ހިދުމަތް 2.99 ޑޮލަރަށް ލިބޭނެކަން ޔަގީނެއްނޫނެވެ. ނަމަވެސް މި ހަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރި ފަރާތްކަމަށްވާ ޖޭން މަންޗުން ވޮންގް މިހަބަރާއި އެކު ރިޕޯޓުކޮށްފައިވާ ގޮތަށް މިހާރު ޓްވިޓާގެ ވެރިފިކޭޝަން ޕްރޮގްރާމް ވަނީ އަލުން ފަށާފައިއެވެ.

އިތުރަށް ކިޔާލުމަށް :

ޓްވިޓަރ އިން އަންޑޫ ސެންޑް ހިދުމަތް ތައާރަފް ކުރަނީ

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.