700 ޓީބީގެ އޮޕްޓިކަލް ޑިސްކެއް އުފައްދައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިރާސާކުރާ ފަރާތްތަކުން ކާމިޔާބު ކަމާއިއެކު ގާތްގަނޑަކަށް 28،000 ބްލޫރޭ ޑިސްކްގައި ރައްކާކުރެވޭނެ ޑޭޓާ 12 ސެންޓިމީޓަރުގެ އެއް އޮޕްޓިކަލް ޑިސްކްގައި ރައްކާކޮށްފިއެވެ.

މި ހޯދުން ހޯދާފައިވަނީ ޔުނިވާސިޓީ އޮފް ޝަންހާއީ ފޯ ސައިންސް އެންޑް ޓެކްނޮލޮޖީ، އާރްއެމްއައިޓީ ޔުނިވާސިޓީ އަދި ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ ގުޅިގެން ހިންގި ދިރާސާއަކުންނެވެ. މިޔުނިވާސިޓީތަކުން ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގެ ބޭނުމަކީ އޮޕްޓިކަލް މީޑިއާގެ ޑޭޓާ ޑެންސިޓީ ރަނގަޅުކުރުމަށް ބޭނުންކުރެވިދާނެ އުފެއްދުމެއް ޓެސްޓުކުރުމެވެ.

މި ދިރާސާ އަކީ ޑޭޓާ ރައްކާކުރާނެ ފަސޭހަގޮތެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ދިރާސާއެކެވެ. މީގެ އިތުރުން މިދިރާސާގެ އެއްބޭނުމަކީ މެގްނެޓިކް ޑިސްކްތަކަށް އޮންނަ މާކެޓްކުޑަކޮށް ޑޭޓާ ސެންޓަރުތަކުގެ ކާބަން ފުޓްޕްރިންޓް ދަށްކުރުމެވެ.

ސައިންސް އެޑްވާންސަސް ޖާނަލް ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ލޭޒާ އެނޭބަލްޑް އޮޕްޓިކަލް ޑާޓާ ސްޓޯރޭޖް ވަސީލަތްތަކުން މިއަދުގެ މުޖްތަމައުއަށް ބޭނުންވާ ޑާޓާ ރައްކާކުރުމުގެ ގާބިލްކަން ފޯރުކޮށްދިން ކަމުގައިވިޔަސް މި ވަސީލަތުގައި އަލި ބޭނުންކުރުމުގެ ސަބަބުން މީގައި ރައްކާކުރެވޭ ޑޭޓާގެ އަދަދު ބޮޑުތަނުން މަދުވެއެވެ.

އެހެންކަމުން މިދިރާސާގައި ބޭނުންކޮށްފައިވަނީ ގްރެފައިޓް އޮކްސައިޑް އަދި އަޕްކޮންވާޓެޑް ނެނޯޕާޓިކަލްސް ބޭނުންކޮށްގެން އުފައްދާފައިވާ ނާނޯކޮމްޕޮސައިޓް މާއްދާއަކުން އުފައްދާފައިވާ ޑިސްކްއެކެވެ. މީގެ އިތުރުން މި ޑިސްކް އުފެއްދުމަށް ބޭނުންކުރާ ކޮންޓިނިއަސް ވޭވް ލޭޒާތަކަކީ އަގުހެޔޮ އެއްޗަކަށްވުމުން ކުރީގައި ބޭނުންކުރި އޮޕްޓިކަލް ޑިސްކްތަކަށްވުރެ މި އުފެއްދުމުގެ އަގުހެޔޮ ވެގެންދާނެކަމަށް މި ދިރާސާކުރި ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.