ގޭގައި މަޑު ކުރައްވާ، ދިރާގުން ހިލޭ އިތުރު ޑޭޓާ ދެނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މީހުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ދިރާގުން ހިލޭ އިތުރު ޑޭޓާ ދޭން ނިންމައިފި އެވެ. ދިރާގުން ބުނިގޮތުގައި މިދަނޑިވަޅަކީ މީހުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރަން ޖެހޭ ޙާލަތަކަށް ވުމުން އޮފީސް މަސައްކަތާއި އޮންލައިން ކްލާސްތަކާއި ޑިޖިޓަލް ޚިދުމަތަށް އިތުރަށް ބަރޯސާވާން ވާންޖެހޭ ދުވަސްވަރަކަށް ވުމުން އިތުރު ޑޭޓާ އާއި އެލަވެންސް ދޭން ނިންމީ ކަމަށެވެ.

އެގޮތުން ދިރާގު ކަސްޓަމަރުންގެ ތެރެއިން ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނާއި މޯބައިލް ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނީ އަންނަ ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. އަދި ހިލޭ ދެވޭ އިތުރު ޑޭޓާ ދިނުމަށް ނިންމާފައި ވަނީ އަންނަ މަހަށް އެކަންޏެވެ.

ފިކްސްޑް ބްރޯޑް ބޭންޑް

ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ ލެބޭއިރު އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓަރަކުން ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

ޕޯސްޓްޕެއިޑް އަދި އަމިއްލަ ޕޯސްޓްޕެއިޑް

ޕޯސްޓްޕެއިޑް އަދި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 ދެމެދުގެ އިތުރު ޑޭޓާ ލިބިގެންދާއިރު އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓަރަކުން ހަމަ ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް"

ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް %30 އިތުރު އެލަވެންސް ލިބިގެންދާއިރު ބޫސްޓާ އެކްޓިވޭޓް ކުރުމުން %100 އިތުރު އެލަވެންސް ލިބިގެންދާނެއެވެ.

ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޑޭޓާ ސިމް

ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ ލިބިގެންދާއިރު އެކްޓިވޭޓް ކުރާ ބޫސްޓާތަކުން %100 އިތުރު އެލަވެންސް ލިބިގެންދާނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.