އެޕަލްއިން އަލްޓަނޭޓިވް ޕޭމަންޓްސް މެނޭޖަރެއް ހޯދަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް ކުންފުނިން ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖާ އިން އަލްޓަނޭޓިވް ޕޭމަންޓްސް ގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ. އެގޮތުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އެޕަލް ވޮލެޓްސް، ޕޭމަންޓްސް އެންޑް ކޮމާސް ޓީމުގެ އަލްޓަނޭޓިވް ޕޭމަންޓްސް ޕާޓްނާޝިޕްސް ލީޑްކުރުމަށް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރެއް އެކުންފުންޏަށް ބޭނުންވެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ޑިޖިޓަލް ވޮލެޓްސް، ފާސްޓް ޕޭމަންޓްސް އަދި ކްރިޕްޓޯކަރަންސީ ފަދަ އަލްޓަނޭޓިވް ޕޭމަންޓްގެ ދާއިރާގައި 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. މި ވަޒީފާގެ މައްސޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އެޕަލް ޕޭ އަދި އެޕްސްޓޯއަށް އައު އަލްޓަނޭޓިވް ޕޭމަންޓް ސޮލިއުޝަން ޑިވެލޮޕް ކުރުންފަދަ ޒިންމާތަކެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ކްރިޕްޓޯކަރަންސީގެ ބަދަލުގައި ބައި ނައު، ޕޭ ލޭޓާ ފަދަ އަލްޓަނޭޓިވް ޕޭމަންޓް މަންސަތަކުގެ ތަޖުރިބާ ހުރިފަރާތަކަށް ވިޔަސް އެންމެ ރަނގަޅުކަމަށް އެކުންފުނިން ހާމަކޮށްފައިވުމުން ބެލެވެނީ މިއީ އެކުންފުނިން ކުރިއަށް އޮތްތަނުގައި ބޭނުންކޮށްފާނެ މަންސައެއްކަމަށެވެ. ނަމަވެސް މިއާއެކު މި ދާއިރާގެ ތަޖުރިބާ ހުރި ފަރާތެއް އެކުންފުނީގެ ވަޒީފާއަށް ހޯދަނީ އަލްޓަނޭޓިވް ޕޭމަންޓްސްގެ ދާއިރާގައި އެކުންފުނީގެ ވާދަވެރިންނާއި ވާދަކުރަން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމަށް ކަމަށްވެސް ބެލެވިދާނެއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު އެޕަލް ޕޭގެ ނައިބު ރައީސް ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ދަނީ ކްރިޕްޓޯކަރަންސީ ވަރަށް ގާތުން ބަލައި ދިރާސާ ކުރަމުންނެވެ. އަދި ކްރިޕްޓޯކަރަންސީ އަކީ އެކުންފުންޏަށް ދިގުމުއްދަތުގައި ފައިދާކޮށްފާނެ އެއްޗެއްކަމަށް ބެލެވޭކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.