ރާއްޖެއަށް އިތުުރު ސަބްމެރިން ކޭބަލެއް އަޅަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރާއްޖެއަށް އިތުުރު ސަބްމެރިން ކޭބަލެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ހާމަކުރާ ގޮތުގައި އިތުރު ސަބްމެރިން ކޭބަލެއް އެޅަން ނިންމާފައިވަނީ ރާއްޖޭގެ އިންޓަނެޓަށް އޮތް ޑިމާންޑްތަކަށް ފަސޭހައެއް ގެނައުމަށެވެ. އަދި އިންޓަނެޓްގެ އަގަށް އިތުރު ހެޔޮ ބަދަލުތަކެއް ގެނައުމަށެވެ. މި ސަބްމެރިން ކޭބަލްގެ ސަބަބަބުން ސަރަހައްދުގެ މައި އިންޓަނެޓް އެކްސްޗޭންޖުތަކާ ގުޅާލައި އެއްވެސް މެދުވެރިއެއް ނެތި ސީދާ ކެޕޭސިޓީ ގަންނަން ލިބޭނެ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރާގޮތުގައި ސަބްމެރިން ކޭބަލްގެ ޚިދުމަތްދޭ އެންޓީޓީގެ މިސްޓް ފައިބާ ކޭބަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ރާއްޖެއަށް ލިބިފައިކަމަށެވެ. އަދި އެއާއެކު އެ ފައިބަރާ މި ސަރަހައްދުގެ މައި އިންޓަނެޓް އެކްސްޗޭންޖުތަކާއި ގުޅުވާލަދެއެވެ.

އެންޓީޓީ އަދި މިސްޓްގެ ބޮޑެތި ފައިބާ ކޭބަލް ގައުމުތަކާއި ގުޅިފައިވާގޮތް

ސަބްމެރިން ކޭބަލްގެ އިތުރުން އެ ކޭބަލް ލޭންޑް ކުރުމަށް ޚިދުމަތް ދެވޭފަދަ އިންޓަނެޓް އެކްސްޗޭންޖެއް ގާއިމު ކުރަން ޖެހޭކަމަށް މިނިސްޓްރީން ބުނެ އެވެ. އެ އެކްސްޗޭންޖްގެ ހަޤީގީ ފައިދާއަކީ ކޭބަލް ނެތިވެސް އިންޓަނެޓް އަގުހެޔޮ ކުރުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ. އެ ނިޒާމް ގާއިމްކުރަން ހަ މިލިއަން ރުފިޔާ ހޭދަވާނެކަމަށް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

ސަބްމެރިން ކޭބަލް އެޅުމުގެ ސަބަބުން ލިބިގެންދާނެ ފައިދާތަކުގެ ތެރެއިން އިންޓަނެޓްގެ އަގު ދާއިމީ ގޮތެއްގައި ކުޑަވެގެންދާނެ ކަމާށާއި، ރާއްޖޭގައި ބެކްއޮފީސް މަސައްކަތަތްތައް ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމުގެ އިތުރުން ރާއްޖޭގައި ބޭރު ޤައުމުތަކަށް އޮންލައިން ކްލާސްތައް ހިންގޭނެއެވެ. މީގެ އިތުރުން ކުންފުނިތަކުން ރާއްޖޭގައި ޑާޓާ ސެންޓަރުތަކުގެ ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.