މިހާރު އެންމެ 8 މިނުޓުން ފޯނު އެއްކޮށް ޗާޖްކޮށްލެވޭ!

ހަސަންވީ 31 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގެ ޝޯމީ އިންވަނީ އެކުންފުނީގެ އެންމެ ފަހުގެ ޗާޖްކުރުމުގެ ޓެކް ހައިޕަރޗާޖް ދައްކާލާފައެވެ. މިއީ 200ވޮޓް ބޭނުންކޮށްގެން އަވަހަށް ޗާޖްކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. އެކުންފުނިން ބުނާގޮތުގައި 4000 މިލިއެމްޕްގެ ބެޓަރިއެއް 8 މިނުޓު ތެރޭގައި ޗާޖްކޮށްލެވެއެވެ. އަދި ވަޔަލެސްކޮށް 15 މިނުޓުން ޗާޖްކޮށްލެވެއެވެ. ފުރަތަމަ ޑެމޯ ދައްކާލާފައިވަނީ މޮޑިފައިކޮށްފައިވާ ޝޯމީ މި11 އަލްޓްރާ ފޯނެއް ބޭނުންކޮށްގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި 44 ސިކުންތު ތެރޭގައި 0 އިން 10% އަށް ޗާޖްވެއެވެ. އަދި 3 މިނުޓް ތެރޭ 50% ޗާޖެވެއެވެ. 8 މިނުޓު ތެރޭ 100% ޗާޖްވެއެވެ. ވަޔަލެސް ޗާޖް ވަނީ 1 މިނުޓް ތެރޭ 10%، 7 މިނުޓް ތެރޭ 50% އަދި 15 މިނުޓް ތެރޭ 100% އެވެ.

މިޓެކްނޮލޮޖީ އަދި މާކެޓާ ހަމައަށް ދާން އިތުރު ވަގުތު ނަގާނެއެވެ. މީގެ ކުރިން ޝޯމީ އިން ނެރުނު 120 ވޮޓްގެ ހައިޕަރޗާޖް އަދި މިހާތަނަށް ލިބިފައިވަނީ އެންމެ ފޯނަކަށެވެ. އެހެންފޯނުތަކައި 120 ވޮޓް ހައިޕަރޗާޖް ޓެކްނޮލޮޖީ ބޭނުންނުކުރާ ސަބަބަކީ ބެޓެރީތަކުގެ އުމުރުކުރުވުން ކަމުގައި ބެލެވެއެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.