ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މީހުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް އުރީދޫ އިން ޙާއްޞަ އޮފާތަކެއް ތަޢާރަފްކޮށްފިއެވެ. އުރީދޫ އިން ބުނިގޮތުގައި މި އޮފާތައް ދިނުމަށް ނިންމާފައިވަނީ ކޯވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅުގައި ޢާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދީ އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ހޯދަދިނުމުގެ މަޤުސަދުގައެވެ.
އެގޮތުން ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި ހަމައަށް އިތުރު ޑޭޓާ 1 ޖޫން އިން ފެށިގެން ލިބިގެންދާނެއެވެ.
ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް %30 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެއެވެ. ޕްރީޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފައިވާ ފަރާތްތަކަށް %200 އާއި ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު މި ޕެކްތަށް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހިޔާރު ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ. ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަގާ ފަރާތްތަކަށް %50 ހަމައަށް އިތުރު ޑޭޓާ ލިބެއެވެ. އަދި އޫރިދޫ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޖޫން މަހު ތެރޭގައި ވައިބަރ މެދުވެރިކޮށް މެސެޖް އަދި ފޮޓޯ ޙިއްޞާ ކޮއްލުމަށް މުޅުން ހިލޭ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާއި ނުލައި މިހާރު 'އެކު ޕޯސްޓްޕެއިޑް'، 'ތަފާތު ޕޯސްޓްޕެއިޑް' އަދި 'އާޗާ ޕޯސްޓްޕެއިޑް'އަކަށް ވެސް ބަދަލު ކުރެވޭނެ ކަމަށްއުރީދޫ އިން ބުނެފައިވެއެވެ. އަދި އާޗާ 1 ޖީބީ/ޑޭ ޕްލޭން އަށް ދެގުނަ ޑޭޓާ ލިބޭނެއެވެ. އެގޮތުން ދުވާލަކު ދެ ޖީބީ ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެފައިވެއެވެ.
މީގެ އިތުރުން މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ އާއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ ލިބޭއިރު، ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭފޭސްބުކް ބޭނުންކޮށްލެވޭނެއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް