ބީއެމްއެލް ކާޑުގެ ޚިދުމަތް 11 ގަޑިއިރަށް މެދުކެނޑެނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިރޭ 10:00 އިން ފެށިގެން މާދަމާ ހެނދުނު 9:00 އަށް، ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެކަން ބޭންކުން ވަނީ ހާމަކޮށްފަ އެވެ.

ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަމުގެ މަސައްކަތް ކުރިއަށްދާއިރު ކަސްޓަމަރުން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި ކަސްޓަމަރުންގެ ހިތުގައި މިކަމާ ގުޅޭ ގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކަށް ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިވަނީ އޮޅުން ފިލުވައި ދެއްވައި ބީއެމްއެލް އޮފިޝަލް ޓްވިޓަރ ގައި ހާމަކޮށްފައިވެއެވެ.

އެގޮތުން ހިދުމަތް މެދުކެނޑިގެން ދާނީ 3 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 00:10 އިން ފެށިގެން 4 ޖޫން 2021 ވާ ހުކުރު ދުވަހުގެ ހެނދުނު 00:9 އަށެވެ.

އަޕްގްރޭޑް މަސައްކަތްތައް ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެއެވެ. ކާޑު ބޭނުންކޮށްގެން ކުރެވޭ މިފަދަ މުހިންމު މުއާމަލާތެއްް ވާ ނަމަ ކުރިން ނިންމުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެދެއެވެ.

ޚިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ނުލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި

އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ބީއެމްއެލް ޕޭމަންޓް ގެޓްވޭ، ބީއެމްއެލް މޮބައިލް ޕޭ، ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން، ބީއެމްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަކުން ފައިސާ ފޮނުވުން، ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑުގެ މުއާމަލާތްތައް (ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ)، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހޯދޭ ކާޑުގެ ޚިދުމަތް އޭގެ ތެރޭގައި ޑިޖިޓަލް ޕިން ހިމެނެއެވެ.

ޚިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ލިބޭނެ ޚިދުމަތެއް ތަކުގެތެރޭގައި

އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ޚިދުމަތް ލިބޭނެއެވެ. މި ޚިދުމަތް މެދުވެރިކޮށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި އެކައުންޓް ހިސްޓްރީ ޗެކް ކުރެވޭނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި ބޭންކަށް މެސެޖް ނުވަތަ މެއިލްވެސް ފޮނުވޭނެއެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.