މައިކްރޯސޮފްޓްއިން އާ ވިންޑޯސް އެއް ބާޒާރަށް ނެރެނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

24 ޖޫން 2021 ވަނަދުވަހު މައިކްރޯސޮފްޓުން ބާއްވާ އިވެންޓެއްގައި އާ ވިންޑޯސް އެއް ނެރޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ވިންޑޯސް ވެގެންދާނީ މިހާތަނަށް އެ ކުންފުނިން ނެރުނު ވިންޑޯސް ތަކުގެ ތެރެއިން އަދި ގޮލްޑެން އޯއެސް ވިންޑޯސް 10 އަށް ވުރެ ފުރިހަމަ ވިންޑޯސް އެއް ކަމަށް އެކުންފުނިން ބުނެފައިވެއެވެ. މި އިވެންޓް ހުށައަޅާ ދެެއްވާނީ މައިކްރޯސޮފްޓުގެ ސީއީއޯ ސަޓްޔާ ނަޑެއްލާ އަދި ޕްރޮޑަކްޝަން ހެޑް ޕަނޮސް ޕަނޭ އެވެ.

މައިކްރޯސޮފްޓް އިން ވިންޑޯސް 10 ބާޒާރަށް ނެރުނުތާ މިހާރު 6 އަހަރު ވީއިރު އެކުންފިން ދަނީ ވިންޑޯސް 10 ގެ އަޕްގްރޭޑް ދުވަސް ދުވަހުން ކުރަމުންނެވެ. ސަބަބަކަށް ވަނީ އަލަށް ނިކުންނަ އެޕްލިކޭޝަނާއި ޓާސްކްތަކާއި، ބައެއް ޑިވައިސްތަކަށް ކޭޕަބަލް ވާގޮތަށް ވިންސްޑޯސް ބައްޓަން ކުރަންޖެހޭތީއެވެ

އަލަށް ނިކުންނަ ވިންޑޯސްގެ ވިޒުއަލް ހުންނާނެގޮތް ވަނީ ސިއްރުކުރެވިފައެވެ. އެހެންނަމަވެސް ބައެއް ދިރާސާ ކުރާ ފަރާތްކުން ބުނަމުން އަންނީ ވިސްޑޯސްގެ ޔޫސާ އިންޓަފޭސް ބަދަލުވާނެ ކަމަށާއި އަދި އަބަދުވެސް ބޭނުން ކުރަމުން އަންނަ ވިންޑޯސް 95ގެ އައިކޮންތައް ބަދަލުވާނެ ކަމަށެވެ. އަދި މީގެ އިތުރުން ވިންޑޯސް ލޯގޯ އަށް ކުދި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ބައެއް އެޑްވާންސް ފީޗާ ތަކަށް ބަލާއިރު ބްލޫޓޫތް އޯޑިއޯ ސަޕޯޓް އަދި އެކްސްބޮކްސް އަށް އޮޓޯ އެޗްޑީއާރ ފީޗާސް ހިމެނޭކަމަށް ބެލެވެއެވެ. އަދި ފައިލް އެކްޕްލޯރާ އިން ފައިލް އަދި ފޯލްޑަރ ތަކަށް ނެވިގޭޓް ކުރަން މިހާރަށް ވުރެ ފަސޭހަވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

ވިންޑޯސްއަކީ ދުނިޔޭގެ ގިނަ ކޮމްޕިއުޓަރ ތަކުގައި ބޭނުން ކުރަމުން އަންނަ އޮޕަރޭޓިން ސިސްޓަމަކަށް ވާއިރު އަލަށް ނެރޭ ވިންޑޯސް އަކީ ވިންޑޯސް 11 ކަމަށް ގިނަ ބަޔަކުދެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.