ގާމިން އިން އައު ސްމާޓް އަތުކުރީ ގަޑިތަކެއް ބާޒާރަށް ނެރެފި

ހަސަންވީ 04 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގާމިން އިން ވަނީ އައު 2 މޮޑެލް އެއްގެ ސްމާޓް ވޮޗް މާކެޓަށް ނެރެން ތައްޔާރުވެފައެވެ. އެންޓްރީލެވެލް ނުވަތަ އެންމެ އަގުހެޔޮ ފަންތީގެ ފޯރަނާ55 ގައި ހިމެނެނީ އާންމުކޮށް ސްމާޓް ވޮޗްތަކުގަ ހުންނަ ފީޗާސްއެވެ. މީގެ އަގަކީ 200 ޑޮލަރެވެ. 650 ޑޮލަރަށް ވިއްކާ ފޯރަނާ945 އެލް.ޓީ.އީ އަކީ ފިޓްނެސް އަށް ސްމާޓްވޮޗް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އަތުކުރީ ގަޑިއެކެވެ.

ފޯރަނާ55 އަކީ ކުރިންނެރުނު ފޯރަނާ45 ގެ އަޕްގްރޭޑެކެވެ. ފަހުގެ ފޯރަނާ55 ގައި ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ބެޓަރިއަށެވެ. އެގޮތުން ކުރިން 1 ހަފްތާ ވަންދެން ސްމާޓްވޮޗް މޯޑުގައި ބޭނުންކުރެވުނު ނަމަވެސް މިހާރު 2 ހަފްތާވަންދެން ޗާޖް ހުރެއެވެ. އަދި ޖީޕީއެސް މޯޑުގައި ފޯރަނާ 13ގަޑި އިރު ބޭނުންކޮށްލެވޭ އިރު ފޯރަނާ55 20 ގަޑި އިރު ބޭނުންކޮށްލެވޭނެއެވެ. މި ސްމާޓްވޮޗްގައި ސިއްހަތާއި ގުޅޭ ގިނަ ފީޗާތަކެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ރެސްޕިރޭޝަން ރޭޓް، މޮނީޓަރކުރުން، ހައިޑްރޭޝަން ޓްރެކިންގް، ޕްރެގްނެންސީ ޓްރެކިންގް އަދި ދުވުންތެރިންނަށް ޑިސްޓެންސް، ސްޕީޑް، ޕޭސް އަދި ހާޓްރޭޓް ފަދަ މައުލޫމާތު ލިބޭނެއެވެ.

ފޯރަނާ945 އެލް.ޓީ.އީ ކަނެކްޓްކުރަން ފޯނެއްބޭނުން ނުވާނެއެވެ. އެލް.ޓީ.އީ ކަނެކްޝަންގެ އެހީގައި ލައިވްޓްރެކް ފީޗަރ ބޭނުންކޮށްގެން ރިއަލް-ޓައިމްކޮށް ލޮކޭޝަނާއި ދުވާ ރޫޓް ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާއި ހިއްސާކޮށްލެވޭނެއެވެ. އޯޑިއޯ މެސެޖްއިން ނުވަތަ އެސްއެމްއެސް މެދުވެރިކޮށް ރިޕްލައިކޮށްލެވޭނެއެވެ. މިގަޑީގެ އެންމެ ހާއްސަ އެއް ފީޗަރ އަކީ އެމެޖެންސީއެެއްގައި އެހީތެރިކަމަށް ބޭނުންވާ ވަގުތު އެހީ ފޯރުކޮށްދިނުމެވެ. އެގޮތުން އިންސިޑެންޓް ޑިޓެކްޝަން ފީޗަރ އަދި އެސިސްޓެންސް ފީޗަރ މެދުވެރިކޮށް އޮޓޯކޮށް އެމެޖެންސީގައި ގުޅަންބޭނުންވާ ފަރާތަށް މެސެޖެއް ފޮނުވާލައެވެ. އަދި އެސިސްޓެންސް ޕްލަސް ފީޗަރ މެދުވެރިކޮށް ގަޑީގެ ވެރިފަރާތުގެ ނަމާއި ލޮކޭޝަން 24ގަޑި އިރު ހިދުމަތްދޭ ގާމިންގެ ރެސްޕޮންސް ޓީމަކާއި ހިއްސާކޮށްލައެވެ. މިޓީމުން އެމެޖެންސީގައި ހިދުމަތްދޭ ފަރާތްތަކާއި ކޯޑިނޭޓްކޮށް އެޓެންޑްވާނެއެވެ.

މިސްމާޓްވޮޗްގެ އިތުރު ފީޗާތަކުގެ ތެރޭގައި ޓްރެއިނިން ޑޭޓާ، އެކްޓިވިޓީ ޓްރެކިން އަދި ޕާފޯމަންސް މޮނީޓަރިން ހިމެނެއެވެ. އަދި މީގެ އިތުރުން ގާމިން ޕޭ، މިއުޒިކް އަދި ނޮޓިފިކޭޝަން ބަލައިލުން ހިމެނެއެވެ. މި ގަޑީގެ ބެޓަރީގެ އުމުރަކީ ސްމާޓް ވޮޗް މޯޑުގައި 2 ހަފްތާއެވެ. އަދި ޖީޕީއެސް މޯޑުގައި ލައިވްޓްރެކިންއާ އެއްކޮށް 7 ގަޑިއިރު ބޭނުންކޮށްލެވޭނެއެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.