ފޭސްބުކް އާއި އިންސްޓަގްރާމް އިން ލިބިފައިވާ ލައިކްސްގެ އަދަދު ފޮރުވޭގޮތް ހަދައިފިއެވެ. ގިނަދުވަސްތަކެއްގެ މަސައްކަތަށްފަހު ފޭސްބުކް އާއި އިންސްޓަގްރާމް އިންވެސް ނިންމާފައިވަނީ މި ފީޗާއަކީ އިހުތިޔާރީ ފީޗާއެއްގެ ގޮތުގައި ބެހެއްޓުމަށެވެ.
އިންސްޓަގްރާމް އިން މި ފީޗާ އާންމުނަށް ހުޅުވާލާފައިވަނީ އެކުންފުނީގެ މަންސައަށް ބަދަލުތަކެއް ގެނައުމަށް ގިނަބަޔަކު ފިއްތުންތަކެއް ކުރިމަތިކުރުވަމުންދާ ދަނޑިވަޅެއްގައިއެވެ. އެގޮތުން އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީ ފޮ ޕަބްލިކް ހެލްތް އިން 2017 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި މި އެޕްލިކޭޝަނަކީ ފުރާވަރުގެ އުމުރުފުރާގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރަގަނޅު އަސަރުތަކެއްކުރުވާ އެޕްލިކޭޝަނެކެވެ. އެހެންކަމުން ގިނަ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި އިންސްޓަގްރާމް އަދި ފޭސްބުކްގައި ހިމެނޭ ލައިކްގެ އަދަދު ނުފެންނަ ގޮތަށް ހެދުމުން މި އުމުރުފުރާގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ.
އިންސްޓަގްރާމް އިން ހާމަކޮށްފައިވާ ގޮތުގައި އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްކަށް ލައިކްސް ގެ އަދަދު ނުފެންނަގޮތަށް ހެދުމަށް ދޫކޮށްލީ ލައިކްސްގެ އަދަދަކީ ބައެއް ފަރާތްތަކަށް އުދަގުލަކަށް ވާއިރު އަނެއްބައި ފަރާތްތަކަށް އެއަދަދު ނުފެނުމަކީވެސް އުދަގުލަކަށް ވާތީއެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ އުއްމީދަކީ މި ނިންމުމުގެ ސަބަބުން އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަށް ނަފްސާނީ މައްސަލަތަކުން ދުރުކޮށްދޭނެކަމަށެވެ.
ފޭސްބުކް އާއި އިންސްޓަގްރާމްގެ މި ނިންމުމާއިއެކު މި ދެއެޕްލިކޭޝަންގައިވެސް މިހާރު ހުރިހާ ޕޯސްޓްތަކެއްގެ ލައިކްސް ނުފެންނަގޮތް ހެދުމުގެ އިހުތިޔާރު އޮންނާނެއެވެ. މީގެ އިތުރުން އަމިއްލައަށް ކޮށްފަ ހުންނަ ލައިކްތައް އެހެންމީހުންނަށް ނުފެންނަ ގޮތްވެސް މި ފީޗާގެ ތެރެއިން ހެދޭނެއެވެ. މިއާއިއެކު އިންސްޓަގްރާމްގައި ވަކިވަކި ޕޯސްޓްތަކުގެ ލައިކްތަށްވެސް މި ފީޗާ މެދުވެރިކޮށް ފޮރުވާލެވޭނެއެވެ. ފޭސްބުކްއަށްވެސް ކުރިއަށްއޮތް ދުވަސްތަކުގައި ވަކިވަކި ޕޯސްޓްތަކުގެ ލައިކްސް ފޮރުވޭ ފީޗާ ލިބިގެންދާނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި