ޔޫޓިއުބަރުންނާއި ސްކޭމަރުންގެ ހަނގުރާމަ

ހަސަންވީ 08 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްކޭމް ތަކުގެ ވާހަކަ މިހާރު ރާއްޖޭގައި ވަރަށް ގިނައިން ދެކެވެއެވެ. އާންމުކޮށް ރާއްޖޭގައި ސްކޭމް ކުރަނީ ފޯންކޯލެއް މެދުވެރިކޮށް ވިކްޓިމް ލައްވައި ރިލޯޑް ކުރުވައިގެންނެވެ. ނަމަވެސް ސްކޭމަރުން ވަރަށް ގިނަ ގޮތްގޮތުން ވިކްޓިމް އަތުން ލާރި ހޯދައެވެ. އާންމުކޮށް ބޭރުގައުމުތަކުގައި ސްކޭމަރުން ޓާގެޓް ކުރަނީ ކޮމްޕިއުޓަރ ބޭނުންކުރާ އުމުރުން ދުވަސްވީ މީހުންނަށެވެ. ސަބަބަކީ އެމީހުންގެ އެކައުންޓްތަކުގައި ލާރި ހުރުމާއި ކޮމްޕިއުޓަރުން ހަދާ މަކަރުތައް ނޭގުމެއެވެ. މިމީހުންގެ އީމެއިލްއަށް ފޭކް ލިންކްތައް ފޮނުވައިގެން ވަރަށްގިނައިން ސްކޭމް ކުރެއެވެ.

ސްކޭމް ކުރުމާއި ބެހޭ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށާއި ސްކޭމް ތަކުން ސަލާމަތް ވާނެގޮތްތަށް ކިޔައިދޭ ޔޫޓިއުބް ޗެނަލްތައް މަދެއް ނޫނެވެ. މި ޔޫޓިއުބަރުންގެ ތެރޭގައި ހާއްސަ ދެތިން ފަރާތެއް ފާހަގަކޮށްލެވެއެވެ. މިފަރާތްތަކީ އާންމުން ހޭލުންތެރިކުރުމުގެ އިތުރުން ސްކޭމަރުން ސްކޭމް ކުރާތަން ރެކޯޑްކޮށް ޔޫޓިއުބަށް އަޕްލޯޑްކުރެއެވެ. އަދި އެފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަންވެސް އެހީވެދެއެވެ. ސްކޭމްކުރަން ހަދާފައި ހުންނަ ސައިޓްތަކަށް ވަދެ ވިކްޓިމް ކަމަށް ހެދިގެން ސްކޭމަރުންގެ ސައިޓްތަކުގައި ޖަހާފައިހުންނަ ނަން ތަކަށް ގުޅައެވެ. ދެން ސްކޭމަރުން ފުރަތަމަވެސް ބަލާނީ ރިމޯޓްކޮށް ކޮމްޕިއުޓަރަށް އެކްސެސްވޭތޯ އެވެ. ނަމަވެސް މި ޔޫޓިއުބަރުންނަކީ އަސްލު ސްކޭމަރުންނަށްވެސް މޮޅު ބަޔަކަށްވުމުން ސްކޭމަރުންނަށް ނާންގައި ސްކޭމަރުންގެ ކޮމްޕިއުޓަރަށް އެކްސެސް ހޯދައެވެ. އަދި ސްކޭމަރުންގެ ކޮމްޕިއުޓަރތަކުގައި ހުންނަ ވިކްޓިމްތަކުގެ ކާޑު މައުލޫމާތު ޑިލީޓްކޮށް ހަދައެވެ. ބައެއްފަހަރު ސްކޭމަރުންގެ ވެބްކޭމް ރެކޯޑްކޮށް ވީޑިއޯވެސް ދައްކައެވެ.

ސްކޭމް ކޮށް އަހަރަކު އެތަކެއް މިލިއަން ޑޮލަރު ސްކޭމަރުން ފޭރެއެވެ. ސްކޭމަރުންގެ ތެރޭގައި އިންޑިއާ އަދި ޕާކިސްތާނުގެ މީހުން ގިނަކަން ފާހަގަކޮށްލެވެއެވެ. ހެލްޕް ޑެސްކް ނުވަތަ ސަޕޯޓް ސާވިސް ދޭ ކުންފުނިތައް ކަމަށް ބުނެ ރެޖިސްޓަރ ކޮށް އެތައް ބައެއްގެ އަތުން ލާރިފޭރެމުންދެއެވެ.

ނަމަވެސް މިހާރު ހަތަރުވަރަކަށް ޔޫޓިއުބަރުންގެ މަސައްކަތުން މިކަމަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދެއެވެ. ސްކޭމްކުރާ ބައެއް އޮފީސްތައް މިހާރު ވަނީ ބަންދުކޮށް ސްކޭމަރުން ޖަލަށްވެސް ލެވިފައެވެ. ސްކޭމަރުންނާއި ދެކޮޅަށް ހަނގުރާމަ ކުރާ ޔޫޓިއުބަރުންގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ފަރާތްތައް ތިރީގައި އެވަނީއެވެ.


1. ޖިމް ބްރައުނިންގް (3.22 މިލިއަން ސަބްސްކްރައިބަރުން)

މިއީ އެންމެ ފާހަގަކޮށްލެވޭ ސްކޭމަރުންނާއި ދެކޮޅަށް މަސައްކަތްކުރާ އެއް ޔޫޓިއުބަރެވެ. އޭނާ އަކީ ވަރަށް ގިނަ ސްކޭމަރުން އެކްސްޕޯޒް ކޮށްފައިވާ ފަރާތެކެވެ. މިޗެނަލްގައި ސްކޭމަރުންނާއި ސްކޭމްކުރާ ކޯލް ސެންޓަރުތައް ބަސްޓުކުރާ ވަރަށް ގިނަވީޑިއޯ ހިމެނެއެވެ.


2. މާކް ރޯބަރ (19 މިލިއަން ސަބްސްކްރައިބަރުން)

މާކް ވަނީ ސްކޭމަރުންނާއި ދެކޮޅަށް ބޮޑު މަސައްކަތެއް ކޮށްފައެވެ. އެގޮތުން އަމިއްލައަށް ޑިވައިސް އެއް ތައްޔާރުކޮށް ސްކޭމަރުން ހޯދައި އެތައް މިލިއަންޑޮލަރުގެ ސްކޭމް އެއް ފަޅާއަރުވާލާފައިވެއެވެ.


3. ކިޓްބޯގާ (1.86 މިލިއަން ސަބްސްކްރައިބަރުން)


4. ސްކޭމަރރިވޮލްޓްސް (1 މިލިއަން ސަބްސްކްރައިބަރުން)


5. ސްކޭމަރޕޭބެކް (8.9 ލައްކަ ސަބްސްކްރައިބަރުން)





ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.