ޗައިނާއިން މާސް ގެ މުޅިން އާ ފޮޓޯތަކެއް ދައްކާލައިފި

ހުސެއިން އާރިފް 11 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާ އިން މާސް އަށް ފޮނުވާފައިވާ ޗޫރޮންގް ރޯވާ މާސްގެ ސަތަހާގައި ދަތުރު ކުރަމުން ދާ ފޮޓޯތަކެއް ޗައިނާއިން އާއްމު ކޮށްފިއެވެ. ޗައިނާ ދައުލަތުގެ މީޑިއާއިން މިފޮޓޯތަށް އާއްމު ކުރަމުން ކާމިޔާބީ ހާސިލް ކުރެވުމުގެ އުފާ ފާޅުކޮށްފައި ވެއެވެ.

ޗައިނާގެ ފުރަތަމަ މާސް މިޝަން ގައި ޗޫރޮންގް މާސްގެ ބިމުގައި ޖައްސާފައި ވަނީ މެއިމަހުގެ 15 ވަނަ ދުވަހުއެވެ. ޗޫރޮންގް މާސް ގައި ހަރަކާތްތެރިވާން ފެށުމާއި އެކު ނާސާގެ ޕާސިވިއަރެންސްގެ އެކަނިވެރިކަން ފިލާއިގެން ގޮސްފައިވެއެވެ.

ހުކުރު ދުވަހު ޗައިނާއިން އައްމު ކުރި މާސްގެ ފޮޓޯތަކުގެ ތެރޭގައި ލޭންޑިންގް އޭރިޔަގެ 360ޑިގްރީ ޕެނަރޯމާ ފޮޓޯ އެއްހިމެނެ އެވެ. އަދި އޮރެންޖް ޕްލެނެޓްގެ އަޖައިބު ކުރަނިވި ސިފަތައް ފެންނަ ފޮޓޯއެއްގެ އިތުރުން ޗައިނާގެ ދިދަ މާސްގައި ފެންނަ މަންޒަރެއްވެސް ވެއެވެ. މީގެ އިތުރުން ވަޔަލެސް ކެމަރާއެއްގެ އެހީގައި ނަގާފައިވާ ރޯވަރ ގެ ސެލްފީ އެއްވެސް ހިމެނެއެވެ.


ނާސާގެ މާސް ރިކޮނިސެންސް އޯބިޓަރ ވަނީ ޖޫން 6 ވަނަ ދުވަހު ޗޫރޮންގް މާސް ގައި ހަރަކާތްތެރިވާ ފޮޓޮއެއްވެސް އާއްމު ކޮށްފައެވެ.


އިތުރަށް ކިޔާލުމަށް : މާސްގައި ނާސާގެ އެކަނިވެރިކަން ފިލުވުމަށް ޗައިނާގެ އުޅަނދެއް


ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.