ފޭސްބުކްއިން މެސެންޖާއަށް އައު ފީޗާތަކެއް ތައާރަފްކޮށްފިއެވެ. އަލަށް ތައާރަފް ކުރެވުނު ފީޗާތަކުގެ ތެރޭގައި ހިމެނެނީ މެސެންޖާ މީޑިއާ ވިއުވާއަށް އިތުރުކުރެވުނު ކުއިކް ރިޕްލައި ބާ އާއި ކިއުއާރް ކޯޑް އަދި ޕޭމަންޓް ލިންކްސް ފީޗާއެވެ.
އަލަށް ތައާރަފްކުރެވުނު ކުއިކް ރިޕްލައި ބާގެ ސަބަބުން ޗެޓް ތްރެޑްއަށް ނުގޮސް ފޮޓޯ އާއި ވީޑިއޯ ފޮނުވޭނެއެވެ. މީގެއިތުރުން ކިއުއާރް ކޯޑް އަދި ޕޭމަންޓް ލިންކްސް ފީޗާތަކަކީ ފޭސްބުކް ބޭނުން ނުކުރިކަމުގައި ވިޔަސް ފޭސްބުކް ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފީޗާއެކެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި ކޮންމެ ޔޫޒާ އަކަށްވެސް މެސެންޖާ ސެޓިންގްސްގައި ހިމެނޭ ފޭސްބުކް ޕޭ އިން ކިއުއާރް ކޯޑެއް ނުވަތަ ޕޭމަންޓް ލިންކް އެއް ލިބޭނެއެވެ. މި ކޯޑު ނުވަތަ ލިންކް ޝެއާކޮށްލައިގެން ފައިސާގެ މުއާމަލާތް މެސެންޖާ މެދުވެރިކޮށް ކޮށްލެވޭނެއެވެ. ނަމަވެސް މި ފީޗާ މިވަގުތު ލިބޭނީ ހަމައެކަނި އެމެރިކާގައި މެސެންޖާ ބޭނުންކުރާ ފަރާތްތަކަށެވެ.
މި ފީޗާތަކުގެ އިތުރުން ފޭސްބުކްއިން ވަނީ މެސެންޖާ އަދި އިންސްޓަގްރާމް އަށް އައު ތީމްތަކެއް ތައާރަފްކޮށްފައިއެވެ. އެގޮތުން ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި އެފް9 ފަދަ ތަފާތު އެކި ތީމްތައް މިހާރު މެސެންޖާ އަދި އިންސްޓަގްރާމްގައި ބޭނުންކޮށްލެވޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި