އެޕަލްގެ ތޮށިގަނޑުން ބޭރަށް ފޭސްޓައިމް ނެރެނީ

އާރު 14 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް އަށް ހާއްސަ ވީޑިއޯ ކޯލް އެޕްލިކޭޝަން ފޭސްޓައިމްގެ ކޯލް ތަކުގައި ބައިވެރިވުމަށް އައިފޯނެއް، އައިޕެޑެއް ނުވަތަ މެކް އެއް ބޭނުން ކުރަން ޖެހުމަށް ނިމުން ގާތްވެއްޖެ އެވެ. މަޝްހޫރު ވީޑިއޯ ކޮންފަރެސިންގ އެޕް ކަމުގައިވާ ޒޫމް އާއި މައިކްރޯސޮފްޓް ޓީމް ފަދަ އެޕްލިކޭޝަން ތަކާއި ވާދަކުރުމަށްޓަކައި އެޕަލް ފޭސްޓައިމް ކޯލްތަކުގައި އެންޑްރޮއިޑް ޑިވައިސް ތަކާއި ވިންޑޯސް ލެޕްޓޮޕް ތަކުންވެސް ބައިވެރިވެވޭނެ ގޮތް ހެދުމަށް އެޕަލް އިން ނިންމައިފި އެވެ.

އެހެންނަމަވެސް އެޕްލިކޭޝަނެއްްގެ ގޮތުގައި ފޭސްޓަޓައިމް ލިބޭނީ ހަމަ އެކަނި އެޕަލްގެ ޑިވައިސްތަކަށެވެ. އެޕަލް ގެ ބަބަލް އިން ބޭރު ފަރާތްތަކަށް ފޭސްޓައިމް ވީޑިއޯ ކޯލް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހި ކުރުމުގެ އިތުރުން ފޭސްޓައިމް ގެ އައިއޯއެސް 15 އަޕްޑޭޓްގައި ޒޫމް އަދި ޓީމްސް ފަދަ އެޕްލިކޭޝަން ތަކާއި އެއްގޮތަށް ގްރިޑް ވިއު އެއްހިމެނުމުގެ އިތުރުން ކޯލް ޝެޑިއުލް ވެސް ކުރެވޭނެއެވެ. އަންނަ މަހުގެ ތެރޭގައި ނެރުމަށް ތާވަލް ކުރެވިފައިވާ އައިއޯއެސް 15 ގައި މި ބަދަލުތައް ފެނިގެންދާނެެއެވެ.

އެޕަލްގެ ޑިވައިސްތައް ނޫން އެހެނިހެން ޑިވައިސްތަކަށް ފޭސްޓައިމްގެ ކޯލް އެގައި ބައިވެރިވެވޭނީ އެޕަލް ޕްރޮޑަކްޓް އެއް ބޭނުން ކުރާ އައިލާ މެމްބަރަކު، ރައްޓެއްސަކު އިސްނަގާއިގެން ފަށާ ފޭސްޓައިމް ކޯލް އެއްގެ ލިންކް އީމެއިލް މެދުވެރިކޮށް ނުވަތަ މެސެޖެއް ނޫންނަމަ ކަލެންޑަރ އިންވައިޓްއެއް މެދުވެރި ކޮށެވެ. އެލިންކް އަށް ކްލިކް ކޮށްގެން އެޕް އެއް އަޅަން ނުޖެހި ބްރައުޒާ ބޭނުންކޮށްގެން އެ ފޭސްޓައިމް ކޯލް ގައި އެޕަލް އެކައުންޓެއް ނެތް ނަމަވެސް ބައިވެރިވެވޭނެ އެވެ.

އެޕަލްގެ ތޮށިގަނޑުން ބޭރަށް ފޭސްޓައިމް ނިކުތް ކަމުގައިވިޔަސް ފޭސްޓައިމް ކޯލް ފެށުމުގެ އިޙްތިޔާރާއި ކޯލް އަށް އެހެން މީހުން ވެއްދުމުގެ އިޙްތިޔާރު އަދި އޮތީ ހަމަ އެކަނި އެޕަލް ޑިވައިސް ތަކުގެ ވެރިންގެ އަތްމަތީ އެވެ.

އިތުރަށް ކިޔާލުމަށް: އައިއޯއެސް 15 ދައްކާލައިފި


އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.