ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕްލިކޭޝަނަށް އިތުރު ބަދަލު ގެނެސް އަލުން ތަޢާރަފްކުރަން ތައްޔާރުވަނީއެވެ. ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕަކީ ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ އަދި އެ އެޕްލިކޭޝަން ތަޢާރަފް ކުރި ފަހުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަ ތަކެއް ލިބިގެން ދިޔަ އެޕެކެވެ.
ބީއެމްއެލްއިން ހާމަކުރާގޮތުގައި، އެ ކުންފުނިން ވަރަށް އަވަހަށް ބީއެމްއެލް ގެ އައު އެޕް އާންމުންނާ ހަމަޔަށް ގެނެސްދޭނެ ކަމަށެވެ. އެއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދާ މުހިންމު މަސައްކަތެއްކަން ބޭންކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މުދަލަށް ފައިސާ ދެއްކުމަށް ފަސޭހަކަމާއި އެއްބުރުން ފައިސާ ޖަމާކޮށްލެވޭނެ ފަދަ ހިދުމަތަކާއި، ފައިސާ ޖަމާ ކުރާ ފަރާތަކީ ކާކުކަން އިންގޭ ގޮތަށް ހެދުން ފަދަ ގިނަ ބަޔަކު އެދިއެދި ތިބި ފީޗަރ ތަކެއް ހިމެނޭ ކަމަށް ބީއެމްއެލް ގެ ބަޔެއް ޓްވީޓް ޓަކުން މިހާރު އާއްމުވެފައިވެއެވެ.
މީގެ އިތުރުން ބީއެމްއެލްއިން ބުނީ، މި ބަދަލުތަކާއެކު ބޭންކިންގ ޚިދުމަތް ހޯދުމަށް މިހާރަށްވުރެ ފަސޭހަވާނެ ކަމަށާއި އަދި ކަސްޓަމަރުން ބޭނުންވާ ފަދަ މުހިންމު ބަދަލުތަކެއް އެޕް އިން ފެނިގެންދާނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ޚިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ޚިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެތާކު ހުރެގެންވެސް ބޭންކިންގ ޚިދުމަތް ހޯދެނޭގޮތް މަގުފަހި ކޮށްދިނުންކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ އެންމެ ފުުރަތަމަ ރާއްޖެއަށް މޮބައިލް ބޭންކިންގ ތަޢާރަފް ކުރި ބޭންކެވެ. ބޭންކް އޮފް މޯލްޑިވްސް އިން މޮބައިލް ބޭންކިންގ ތަޢާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ.
ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް