ފޭސްބުކް އިން ތަރައްޤީ ކުރަމުންގެންދާ އޯކިއުލަސް ވާޗުއަލް ރިއަލިޓީ ހެޑްސެޓް ތަކުގައި އިޝްތިހާރުކުރުމަށް ތައްޔާރުވަމުން ދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. އޯކިއުލަސް އެޕްލިކޭޝަން ތަކުގައި އިޝްތިހާރު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް މެއި މަހުގެ ތެރޭގައި ފޭސްބުކް އިން ބުނެފައި ވީނަމަވެސް މިކަހަލަ ގޮތަކަށް ވަރޗުއަލް ރިއަލިޓީ ހެޑެޓްސެޓް ތަކުން ފެންނަ މަންޒަރު ތަކުގެ ތެރޭގައި އިޝްތިހާރު ކުރަން ތައްޔާރު ވާކަމަށް އެކުންފުނިން ކުރިން ބުނެފައި ނުވެއެވެ.
އޯކިއުލަސް ހެޑްސެޓް ތަކުގައި ފުރަތަމަ ފަހަރަށް އިޝްތިހަރުތައް ފެނިގެންދާނީ ރިޒޮލިއުޝަން ގޭމްސް އިން އުފައްދާފައިވާ ޝޫޓިންގ ގޭމް ބްލާސްޓޮން ގެ ތެރޭގައެވެ. ކުރިޔަށްހުރި ހަފްތާތަކުގެ ތެރޭގައި އިތުރު ދެ އޯކިއުލަސް އެޕްލިކޭޝަން ގައި އިޝްތިހާރުތައް ފެނިގެންދާނެ ކަމަށް މީސް މީޑިއާ ކުންފުނިން ހާމަކޮށްފައި ވެއެވެ.
ޖުމްލަ އަމްދަނީގެ ނުވަދިހަ ހަތް އިންސައްތަ އެޑްވަރޓައިޒްމަންޓް ރެވެނިއު އަށް ބަރޯސާވެފައިވާ ފޭސްބުކްއިން މިފަދަ ހަބަރެއް އާއްމު ކުރުމަކުން ހައިރާނެއް ނުވެއެވެ. މިހާތަނަށް އިންސްޓަގްރާމް އާއި ފޭސްބުކް މެދުވެރިކޮށް ކުރަމުން ގެންދިޔަ އިޝްތިހާރުތައް ވާޗުއަލް ރިއަލިޓީ ވެއްޓަށް ހުޅުވާލުމަކީ ފޭސްބުކްގެ އާމްދަނީ އަށް ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަން ޔަގީނެވެ. މީގެއިތުރުން ސޮފްޓްވެއަރ އުފައްދާ ފަރާތްތަކަށްވެސް އާމްދަނީ ހޯދުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެކެވެ.
ފޭސްބުކްގެ އެހެނިހެން މަންސަ ތަކުގައި ވެސް އިޝްތިހާރު ދެއްކުމުގައި އަމަލުކުރާ އުސޫލް ތަކާއި އެއްގޮތަށް ވަކި ވަކި އިޝްތިހާރެއް ނުވަތަ ކުންފުޏެއްގެ އިޝްތިހާރު ނުދައްކާގޮތް ހެދުމުގެ އިޙްތިޔާރާއި އިޝްތިހާރު ފެންނަނީ ކީއްވެކަން ދެނެގަތުމުގެ އިޙްތިޔާރު ހިދުމަތް ބޭނުންކުރާ ފަރާތަށް ލިބިގެެންވެއެވެ.
ފޭސްބުކް އިން އިތުރަށް ހާމަކޮށްފައިވަނީ އިޝްތިހާރު ދެއްކުމުގައި އޯކިއުލަސް ހެޑްސެޓްގައި ލޯކަލީ ރައްކާކޮށްފައިވާ ހޭންޑް-ޓްރެކިންގް ގެ ބޭނުމަށް ނަގާ އަތުގެ ފޮޓޯތަކާއި ސެންސަރ ތަކުން ރައްކާކުރާ ފޮޓޯ ފަދަ މައުލޫމާތު ބޭނުން ނުކުރާނެ ކަމަށެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް